މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ބޭނުންތަކަށް ޕިކަޕު ކުއްޔަށް ހޯދުމާއިގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ މަގުތަކުންނާއި، ހުސްބިންތަކުން ކުނިނެގުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެހިކަލް ކުއްޔަށް ނެގުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/76 (29 ފެބްރުއަރީ 2024) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލެއް ގެންނަންޖެހުމާގުޅިގެން، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 03 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެޓޭޗްކުރެވިފައިވާ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 ސެޕަޓެމްބަރ 01 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@malecity.gov.mvއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

22 އޮގަސްޓް 2024
ހޯދާ