ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް އަންހެން ޑިވިޝަން –2024

    ޅ.ކުރެންދޫ ކައުންސިލްގެ ފަރާތުން 6 އޮކްޓޯބަރ އިން 15 އޮކްޓޯބަރގެ ނިޔަލަށް" ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2024" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

    މި މުބާރާތަކީ ޅ. އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގު ފުރުސަތު ހުޅުވައިލެވިގެން ޅ. އަތޮޅުގެ އަންހެން ކަނބަލުންގެ  މެދުގައި  ފުޓްސަލްއަށް ޝަޢުޤުވެރިކަން އުފެއްދުމަށާއި އެކުވެރިކަމާއި 

އެއްބައިވަންތަކަން ގާއިމްކުރުމުގެ މަޤުސަދުގައި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

    މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 12 ސެޕްޓެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް

ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް، 15 ސެޕްޓެމްބަރ 2024ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިންyouthcenter.kurendhoo@hotmail.com  އަށް މެއިލް ކުރެއްވުން އެދެމެވެ.

    ރަޖިސްޓްރީކުރަން އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވައިދު ގެޒެޓް ލިންކުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، ޔޫތު އެސޯސިއޭޓް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ،

7908642 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ. 

22 އޮގަސްޓް 2024
ހޯދާ