ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގެ ޔުނީފޯމް ބޭނުންކުރާނޭ ގޮތުގެ އުޞޫލު

ތަޢާރަފް

މި އުޞޫލަކީ ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުން އެޅުމަށް، ހައްދުންމަތީ އިސްދޫ ކައުންސިލުން ފާސްކޮށްފައިވާ ޔުނީފޯމް ބޭނުންކުރާނޭ ގޮތުގެ އުޞޫލެވެ. މި އުޞޫލު ފާސްކުރުމާއި ހިސާބުން، ތަންފީޒްކުރުމަކީ މި ޔުނީފޯމް ބޭނުންކުރާ ކޮންމެ މުވައްޒަފެއްގެ މައްޗަށް ލާޒިމް ކަމެކެވެ.

ޔުނީފޯމް ބޭނުންކުރާނޭ ގޮތް

މި ޔުނީފޯމަކީ ހައްދުންމަތީ އިސްދޫ ކައުންސިލުން ފާސްކޮށްފައިވާ ޔުނީފޯމަކަށް ވުމުން މި ޔުނީފޯމް އެޅޭނީ ހަމައެކަނި އިސްދޫ ކައުންސިލުން ހުއްދަ ދީފައިވާ ކައުންސިލަރުންނާއި މުވައްޒަފުން އެކަންޏެވެ. އަދި މި ޔުނީފޯމް ބޭނުން ކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. ހައްދުންމަތީ އިސްދޫ ކައުންސިލުން އަހަރަކު އެއްފަހަރު ކޮންމެ މުވައްޒަފަކަށް އޮފީސް ޔުނީފޯމެއް ދޭނެއެވެ. އަދި މުވައްޒަފުގެ ކާޑުވެސް ކޮންމެ ދެ އަހަރަކުން ދޭނެއެވެ. އަލަށް ވަންނަ މުވައްޒަފެއް ނަމަ، އެ މުވައްޒަފު ވަޒީފާ ބަޔާނުގައި ސޮއިކުރާ މުއްދަތުން ފެށިގެން އެއްމަސް ދުވަސްތެރޭ އޮފީސް ޔުނީފޯމާއި ކާޑު ދޭނެއެވެ.
  2. ހައްދުންމަތީ އިސްދޫ ކައުންސިލްގެ ރަސްމީ ޔުނީފޯމް ކަމުގައި ބަލާނީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޔުނީފޯމް އަދި ސްޓާފް ކާޑެވެ. ޔުނީފޯމް ފުރިހަމަވާނީ ޔުނީފޯމާއެކު ކާޑު އެޅުމުންނެވެ.
  3. ރަސްމީކޮށް ޔުނީފޯމް އަޅާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.
  4. ޔުނީފޯމް އަޅާ ރަސްމީ ދުވަސް ފިޔަވައި އިތުރު ދުވަހެއްގައި ޔުނީފޯމް އަޅަންވާނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ހުއްދައާއެކުއެވެ. ކައުންސިލަރެއް ނަމަ ކައުންސިލްގެ ރައީސްގެ ހުއްދަ އާއި އެކުގައެވެ. ހުއްދަނެތި ޔުނީފޯމުގައި އޮފީހަށް ހާޒިރުވިޔަސް އެ މުވައްޒަފަކު އަނބުރާ ގެއަށް ފޮނުވާލެވޭނެއެވެ. އަދި މިކަމަށް ހޭދަވާ ވަގުތު ބަލާނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރާ ވަގުތުގެ ގޮތުގައެވެ.
  5. ކޮންމެ މުވައްޒަފަކުވެސް އޮފީސް ޔުނީފޯމާއި ހަވާލުވާން ވާނީ ލިޔެކުމުގައި ސޮއިކުރުމަށްފަހުއެވެ. އަދި އެއްވެސް ސަބަބަކާއި ލައިގެން އިސްދޫ ކައުންސިލްގެ އިދާރާ އިން ވަކިވާނަމަ، ނުވަތަ ޔުނީފޯމް ބައުވެ ހަލާކުވެއްޖެނަމަ، އޮފީސް ޔުނީފޯމް އޮފީހާއި ހަވާލުކުރަން ވާނެއެވެ. އަދި ހަވާލުކުރިކަމަށް ލިޔެކުމުގައި ސޮއިކުރަން ވާނެއެވެ.

އުޞޫލާއި ހިލާފްވުން

  1. ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، އެއްވެސް ސަބަބަކާއެކު މި އުޞޫލާއި ހިލާފްވެގެން ނުވާނެއެވެ. އަދި މި އުޞޫލާއި ހިލާފުވާ މުވައްޒަފުންނާއި މެދު ސިވިލް ސާވިސްގެ އުޞޫލާއި އެއްގޮތަށް އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
  2. ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއް ނޫންނަމަ، މި ޔުނީފޯމް އެއްވެސް ހާލެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތެއް މި ޔުނީފޯމް ބޭނުންކޮށްފިނަމަ، ކަން ހިނގިގޮތް ބަލައި އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
25 އޮގަސްޓް 2024
ހޯދާ