މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫއިން ބިން ދޫކުރުން

 

އިޢުލާން

ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫއިން ބިން ދޫކުރުން

  

       ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު (IUL)285-ESD/285/2024/42 އާއި ގުޅިގެން ހެނބަދޫގައި ތެޔޮޝެޑެއް ޤާއިމްކުރުމަށްޓަކައި ބިން ދޫކުރުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަމުގައި ރަޖިސްޓްރީކޮށްފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަލަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްސަކޮށް ހުޅުވާލެވޭ ބިމެކެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން:

     މިބިމަކީ ހެނބަދޫ ބަނދަރުގެ އިރުމަތި ފަރާތުގައި އޮންނަ، ޖުމްލަ 2542.59 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު R-160/2015) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު (ޤަވާއިދު ނަމްބަރު (R-219/2015) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދަށް 2 ވަނަ އިސްލާހް ގެނައުމުގެ ޤަވާއިދު (R-67/2021) އާއި އެއްގޮތްވާގޮތުމުގެ މަތިންނެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

26 އޮގަސްޓް 2024 އިން 29 އޮގަސްޓް 2024 ގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

02 ސެޕްޓެންބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން

08 ސެޕްޓެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:10 ގައި

 

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                21 ޞަފަރު 1446

                                25 އޮގަސްޓް 2024   

                                          

 

                                                            ހުސައިން އަބޫބަކުރު 

                                                         ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

 

25 އޮގަސްޓް 2024
ހޯދާ