ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުންގެ ރުއްގަހުން ފަންކެނޑުމާއި ގުޅޭ

އެހެންމީހުންގެ ރުއްގަހުން ވެރިފަރާތުގެ ހުއްދައަކާއި ނުލައި ފަންކެނޑުމާއި، ރުކުން އެއްޗެހި އަޅައިގެން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މީގެކުރިންވެސް ވާނީ މިފަދަކަންކަން ނުކުރުމަށް އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކަމުގައި ބައެއް ފަރާތްތަކުން ދެކުނުކަމުގައި ވީނަމަވެސް މިއީ ޖިނާއީ ކުށެކެވެ. އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ނިޢުމަތުގައި ތިބި އީމާންތެރިކަމުގެ އަހުލުވެރިންކަމަށްވާއިރު، ދީނުގައި އަންގަވާފައިވަނީ ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެ ތަކެތި ވެގެންދާނީ އޭނާ އާއި އަނބިދަރިންގެ ހަލާކަށެވެ. އެހެނީ އެފަދަ މުދަލުގައި ﷲ ބަރަކާތެއް ނުލައްވާނެއެވެ.

މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމާ ބޭހޭ ގޮތުން ރަސޫލާ ޙަދީޘް ކުރައްވި ބަސްފުޅެއްގެ މާނާގައިވެއެވެ "ދޮގުހުވައިކޮށްގެން މުސްލިމެއްގެ ޙައްޤެއް، ނުޙައްޤުން އަތުލައިފި މީހެއްގެ މައްޗަށް، ހަމަކަށަވަރުން ﷲ ނަރަކަ ވާޖިބު ކުރައްވައިފިއެވެ. އަދި އެ މީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވައިފިއެވެ." އެހިނދު އެކަލޭގެފާނަށް މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ވިޔަސްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއީ އިރާކު ގަހުގެ ދަނޑިބުރިއެއް ކަމުގައި ވިޔަސްމެއެވެ."

ވީމާ، މީހުންގެ މުދަލަށް އެރުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވެ މިފަދަ ކަންކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމެވެ.

25 އޮގަސްޓް 2024
ހޯދާ