ދިވެހިރާއްޖެ
މިރަށުގެ ފަޅުތެރޭގައި އަޅާފައިވާ ޓަގު ބޯޓު އަދި ފައިބަރު ބޯޓު ނެގުމާއިގުޅޭ.
މިރަށުގެ ހުޅަނގު އުތުރު ފަރާތުގެ ) އީގަލް މެރިން ބޯޓު ޔާޑު ސަރަޙައްދު ) ފަޅުތެރޭގައި ސީ. ކިންގް(10(TB-SEA KING-ނަމަކަށްކިޔާ ޓަގު ބޯޓާއި އަދި ރަޖިސްޓްރީ ނަންބަރު: C5148B-01 10T ފައިބަރު ބޯޓް އޮންނަތާ އެތައް އަހަރުތަކެއްވަނީ ވެފައެވެ. މި ދެބޯޓް އެސަރަޙައްދުގައި އޮތުމުގެ ސަބަބުން އެސަރަޙައްދުގެ ތިމާވެއްޓަށް ދަނީ އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ވީމާ، މަތީގައި ދަންނަވާފައިވާ ދެ ބޯޓް 2024 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ކުރިން އެތަނުން ނެގުމަށް އެދެބޯޓްގެ ވެރިފަރާތަށް އަންގާ ޢިޢުލާން ކުރަމެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގައި މިތަކެތި ނުނަގައިފިނަމަ އެތަކެތި ނައްތާލުމުގެ މަސައްކަތް މިކައުންސިލުން ކުރާނެކަމުގައި ދަންނަވަމެވެ. އަދި މީގެ ސަބަބުން ލިބޭ މާލީގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުނަގާނެ ކަމުގައިވެސް ދަންނަވަމެވެ. މަތީގައި ދަންނަވާފައިވާ ދެބޯޓުގެ ފޮޓޯ ތިރީގައި އެވަނީއެވެ.