އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ކައުންސިލުންގެ އިމާރާތެއް ކަމުގައިވާ ޔޫސީބިޒް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އއ. ބޮޑުފޮޅުދޫ ކައުންސިލުންގެ އިމާރާތެއް ކަމުގައިވާ ޔޫސީބިޒް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓްތަކާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 ސެޕްޓެމްބަރ 12ވާ ބުރާސްފަތި ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2024 ސެޕްޓެމްބަރ 12ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

28 އޮގަސްޓް 2024
ހޯދާ