ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުންތަކަށް ތައްޔާރުކުރާ ކެންވާސް ބެނާ، އެކްރިލިކް ނަންބޯޑު އަދި ސްޓިކާ، ދިގު މުއްދަތަކަށް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުންތަކަށް ތައްޔާރުކުރާ ކެންވާސް ބެނާ، އެކްރިލިކް ނަންބޯޑު އަދި ސްޓިކާ، ދިގު މުއްދަތަކަށް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުންތަކަށް ތައްޔާރުކުރާ ކެންވާސް ބެނާ، އެކްރިލިކް ނަންބޯޑު އަދި ސްޓިކާ، ދިގު މުއްދަތަކަށް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ procurement@ium.edu.mv މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ޕާފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުގެ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި  ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

09 ސެޕްޓެމްބަރ 2024 13:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

10 ސެޕްޓެމްބަރ 2024 13:30 އަށް

 

24 ޞަފަރު 1446

28 އޮގަސްޓް 2024
ހޯދާ