އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓްގެ މަގުފާރު ބިނާކޮށްދޭނެ ފަރާތެއް ހޯދުން:-

      މިރަށު ވޮލީކޯޓްގެ ބޯޅަދަނޑާވީފަޅީގެ މަގުފާރު ބިނާކުރުމުގެ މަސައްކަތް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 13:30ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސްފަރާތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފޮނުއްވާ ބޭފުޅަކީ ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

28 އޮގަސްޓް 2024
ހޯދާ