އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން ނަންބަރު: ASND-HCM-IUL-2024-35

މަޤާމް: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 05

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (3 މަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފައިނޭންސް ސެކްޝަންއަށް ލިބޭ ހުރިހާ ޑޮކިޔުމަންޓްތަކުގެ އެންޓްރީތައް ލިބުމުން އެންޓްރީކޮށް އަދި އެއާ ގުޅުންހުރި ސްޓެޓަސް ރިޕޯޓްތައް އަޕްޑޭޓް ކުރުން.
  2. ފައިނޭންސް ސެކްޝަންއަށް ލިބޭ ހުރިހާ އިންވޮއިންސްތަކަށް އަދި މެމޯތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން ނުވަތަ ޗެކް ކުރުން އަދި އެއާ ގުޅުންހުރި ސްޓެޓަސް ރިޕޯޓްތައް އަޕްޑޭޓް ކުރުން.
  3. ޕޭމަންޓް ވަރުޗަރތައް ޕާކް ކުރުމަށްފަހު، ޕޯސްޓް ކުރުމުން ޕޭމަންޓް ވައުޗަރ ރަޖިސްޓްރީ އަދި އީ.އެންސްޕާ އަޕްޑޭޓްކޮށް ކޮމްޕްލީޓް ކުރުން އަދި ސްޓެޓަސް ރިޕޯޓްތައް އަޕްޑޭޓް ކުރުމަށްފަހު ފައިލް ކުރުން.
  4. އަތްމަތީ ފައިސާގެ ފޯމުތައް ޗެކްކޮށް ޕޯސްޓް ކުރުވުމާއި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ރީއިމަބަރސް ކުރުމުގެ މަސައްކަތް ކުރުމާއި އަތްމަތީ ފައިސާ ދޫކުރުމާއި ތިޖޫރި ރިޕޯޓް ތައްޔާރު ކުރުން ނުވަތަ ޗެކްކުރުން.
  5. ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަން ރިކަވަރީ ސެކްޝަނުން އެންގުމުން ރަސީދު އަދި ޖޭވީ ހަދައި ޕާކް ކޮށް އެޓޭޗް ކުރުން އަދި ޖާނަލް ވައުޗަރ ރެޖިސްޓްރީ އަޕްޑޭޓް ކުރުން އަދި ރަސީދު އީމެއިލްކޮށް ޖޭވީގެ ނަންބަރާއި އެސް.އޭ.ޕީ ޑޮކިއުމަންޓް ނަންބަރު ފޮނުވުމާއި އާމްދަނީ ފައިސާ ރިޕޯޓް ތައްޔާރު ކުރުން ނުވަތަ ޗެކްކުރުން.
  6. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހަރަދުތައް ރިކޮންސައިލް ކުރުން އަދި ޙަރަދު ރިޕޯޓްތައް ހެދުމާއި ބޭނުންވާ ފަރާތްތަކާއި ހިއްސާކުރުމާއި އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އެކައުންޓްސް ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤު ހުރި ފަރާތަކަށްވުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  5. ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

 

މުސާރައާއި އިނާޔަތް:

- މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/600.00 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 04 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، jobs@aasandha.mv އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

28 އޮގަސްޓް 2024
ހޯދާ