ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން

އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.  މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

  • ·         ބޭނުންވާ ޢަދަދު: 02

ޝަރުޠު

  • މަދުވެގެން A0, A1, B1, C1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން.
  • ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
  • ޓްރާންސްޕޯޓް މިނިސްޓްރީގައި ނުވަތަ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ޑްރައިވިނގ ސްކޫލެއްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔާ.
  • ޓެސްޓް ކުރާ ކޮންމެ 3 ފުރޮޅުލީ އުޅަނދަކަށް -/20 ރުފިޔާ.
  • ޓެސްޓް ކުރާ ކޮންމެ 4 ފުރޮޅުލީ އުޅަނދަކަށް -/25 ރުފިޔާ.
  • ޓެސްޓް ކުރާ ކޮންމެ ހެވީ ވެހިކަލަކަށް -/35 ރުފިޔާ.

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަން ކުރެވޭނެ ފަރާތްތަކަށް ވެސް އިސްކަންދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ:
  3. ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
  4. ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ:

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 11 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުވުމަށް ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. ހުށަހެޅުންތައް އީ-މެއިލް ކުރައްވާނީ،  hr@ihavandhoo.gov.mv  އަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2024
ހޯދާ