މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮރެންޖް ހިޔާ (ހުޅުމާލެ) އިމާރާތުގެ 4 ވަނަ ފަންގިފިލާއަށް މޯލްޑިވިއަން ބްލަޑް ސަރވިސް ބަދަލުކުރުމަށްޓަކައި އެތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް

އިޢުލާން

 

ހުޅުމާލެ ފޭސް 1 ގައި ހުރި އޮރެންޖް ހިޔާ އިމާރާތުގެ 4 ވަނަ ފަންގިފިލާއަށް މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ޙިދުމަތްތައް ބަދަލު ކުރުމަށްޓަކައި އޮރެންޖް ހިޔާ އިމާރާތުގެ 4 ވަނަ ފަންގިފިލާގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 1 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ ޕްރީބިޑް ސެޝަން އޮންނާނީ 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގ ގައެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ސެޕްޓެމްބަރ 2024 ބުރާސްފަތި ދުވަހުގެ މެނދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

28 ޞަފަރު 1446

 
01 ސެޕްޓެންބަރު 2024
ހޯދާ