ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހިއުމަން ރިސޯސް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް:

02 ސެޕްޓެންބަރު 2024    

ނަންބަރު:

    (IUL)168-CA/1/2024/78 

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

މަޤާމު:

 ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު -/7,600 ރުފިޔާ

 - ލިވިންގ އެލަވަންސް -/3000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހިއުމަން ރިސޯސް ޔުނިޓުން ބަލަހައްޓަމުންގެންދާ ކޮމިޓީތަކުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޓިންގތަކުގެ ޔައުމިއްޔާ ލިޔެ ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން.
  2. ކޮމިޝަނުން ހުސްވެފައިވާ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިއުލާނުގެ އެންމެހާ މަސައްކަތްތައް ޔުނިޓުގެ އިސް މުވައްޒަފުން ނެތްހާލަތުގައި ކުރުން.
  3. ވަޒީފާތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގެ ސުންގަޑި ހަމަވުމުން، އެކުލަވާލާފައިވާ ޝެޑިއުލާ އެއްގޮތަށް މުވައްޒަފުން ނެގުމުގެ އެންމެހައި ކަންތައްތައް ކުރުމާއި، މަޤާމުތަކާ ގުޅުންހުރި ލިޔެކިޔުންތައް ފަސޭހައިން ފެންނާނެ އިންތިޒާމް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހަމަޖެއްސުން.    
  4. މުވައްޒަފުންގެ ހާޟިރީ ކަނޑައަޅާފައިވާ ސިސްޓަމާއި އުސޫލުގެ ތެރެއިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، މުވައްޒަފުންގެ ހާޟިރީގައި ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުން.
  5. މުވައްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި އަދި ޗުއްޓީއަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުން.
  6. މުވައްޒަފުންގެ މުސާރައިގެ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ އުސޫލެއްގެ މަތިން މަހުން މަހަށް ކޮށް ނިންމުން.
  7. މުވައްޒަފުން އެކިއެކި ބޭނުންތަކުގައި އެދޭ ލިޔެކިޔުންތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް ހަވާލުކުރުން.  
  8. އެހެނިހެން އިދާރާތަކަށް ފޮނުވާ އަދި ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ފައިލްކުރުން. 
  9. ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެކިއެކި ޓްރޭނިންގތަކާއި ބައްދަލުވުންތަކާއި ކޮންފަރެންސްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ނަން ފޮނުވުމާއި މިހަރަކާތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  10. ކޮމިޝަނުގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި ހިއުމަން ރިސޯސް ޔުނިޓުން ދޭންޖެހާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން.
  11. މުވައްޒަފުންނަށް ހިންގާ ތަމްރީން ޕްރޮގްރާމް ތަކުގެ ތެރެއިން ހަވާލުކުރެވޭ ޓްރޭނިންގތައް އެކުލަވާލާފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމާއި ޔުނިޓުގެ އިސް މުވައްޒަފުން ނެތް ހާލަތުގައި ޓްރޭނިންގތަކުގެ ޝެޑިއުލް އެކުލަވާލުން.
  12. ހިއުމަން ރިސޯސް އެނަލަސިސް ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ތައްޔާރުކުރުން.
  13. މުވައްޒަފުންގެ ޕާސަނަލް ފައިލިންގ ސިސްޓަމް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ޔުނިޓުގެ އިސް މުވައްޒަފުންގެ ސަމާލުކަމަށް ގެނައުމާއި މުވައްޒަފުންނާ ގުޅުންހުރި ލިޔެކިޔުންތައް ކަމާ ގުޅުންހުރި މުވައްޒަފުގެ  ޕާސަނަލް ފައިލުގައި ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ފައިލްކުރުން. 
  14. ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. މުވައްޒަފުންނާ ގުޅުންހުރި އެކިއެކި އުސޫލުތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. ގްރީވެންސް މެކޭނިޒަމްގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  17. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  18. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  19. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2024 ސެޕްޓެންބަރު 12 ދުވަހުގެ މެންދުރު 12:00 ގެ ކުރިން       

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  11. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ jobs@hrcm.org.mv އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
02 ސެޕްޓެންބަރު 2024
ހޯދާ