ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާބެހޭ

               ދަނޑުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުޞޫލުން 5000  އަކަފޫޓްގެ 13 ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

               މި ބިންތައް ދޫކުރުމަށް ނިންމާފައިވަނީ ބިމަށް އެދޭ ފޯމު ހުށަހަޅާ ތަރުތީބުން 13 ބިން ދޫކުރާގޮތަށެވެ. ދަނޑުބިން ހޯދުމަށް އެދި ހުށަހަޅާ ފޯމާއި "ދަނޑުބިންކުއްޔަށްދޫކުރުމުގެއުޞޫލު" މި އިދާރާގެ ވެބްސައިޓް www.maamendhoo.gov.mv އިން ލިބެން ހުންނާނެއެވެ.  އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 12:00 އާ ދެމެދު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

               ވީމާ، ވިޔަފާރި އުޞޫލުން ދަނޑުބިން ބޭނުންވާ ފަރާތްތަކުން 2024 ސެޕްޓެންބަރު 02 ވާ ހޯމަ ދުވަހުގެ 8:00 ން  ފެށިގެން "ދަނޑުބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު" މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމަޢުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު 6820007 ފޯނަށް ގުޅުއްވުން އެދެމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2024
ހޯދާ