މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި، ނީލަންކިޔުން 2024 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހު 10:00 ގައި ކިހާދޫ ކައުންސިލް އިދާރާދޮށުގައި އޮންނާނެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވުމަށް އެންމެހާފަރާތްތަކަށް ދައުވަތު އަރުވަމެވެ.

ނީލަމުން ނެގޭ ތަކެއްޗައްވާ ފައިސާ 2024 ސެޕްޓެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ދައްކަންވާނެއެވެ. ނީލަމުން ނެގޭ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. އަދި ނީލަމަށް ހާޟިރުވާ ފަރާތްތަކަށް ނީލަމާ ބެހޭ އިރުޝާދުތަށް ނީލަން ފެށުމުގެ ކުރިން ދޭވޭނެވާހަކަ ދަންނަވަމެވެ. ނީލަން ކިޔާ ތަކެތީގެ ލިސްޓެއް މި އިއުލާނާއެކު ބެހެއްޓިފައިވާނެއެވެ.

                  މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ސެޕްޓެންބަރު 2024
ހޯދާ