ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޕްރެންޓިސް ޕްރޮގްރާމް

އިޢުލާނު

 

ހިންގާ ޕްރޮގްރާމް:

އެޕްރެންޓިސް ޕްރޮގްރާމް

އަހަރު:

16 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންނަށް

އެލަވަންސް:

1500.00 (ފަނަރަ ސަތޭކަ) ރުފިޔާ

ޕްރޮގްރާމުގެ މުއްދަތު:

6 މަސްދުވަސް

އިތުރު ތަފްސީލު:

މިސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އެޕްރެންޓިސް ޕްރޮގްރާމެއް ހިންގުމަށް  ހަމަޖެހިފައިވާތީވެ، މިޕްރޮގުރާމްގައި ބައިވެރިވުމަށް ބޭނުންވާ މިސިޓީގައި ދިރިއުޅޭ 16 އަހަރާއި 24 އަހަރާއި ދެމެދު ޒުވާނުންނަށް ހުޅުވާލަމެވެ. އެގޮތުން މިޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކަށް 1500.00 (ފަނަރަ ސަތޭކަ ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 މަސްދުވަހުގެ ނިޔަލަށް އެކި ބުރުތަކަށް ބަހާލައިގެން ނެވެ. މިޕްރޮގުރާމްގައި ބައިވެރިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޓްރެއިނިންގ ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި ސިޓީ ކައުންސިލްގެ ސެކްޝަންތަކުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. އޮންލައިން އެޕްލިކޭޝަން ފޯމު   https://forms.gle/354nHHfWa74Kr5vz6
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 

އެދެންވީގޮތާއި ސުންގަޑި:

ޕްރޮގްރާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމްބަރ 2024 ގެ 13:00 ގެ ކުރިން، ފުވައްމުލައް ސިޓީ ކައުންސިލަށެވެ.

**އެޕްލައިކޮށްލެވޭނީ ގޫގުލް އޮންލައިން ފޯމު މެދުވެރިކޮށެވެ **

08 ސެޕްޓެންބަރު 2024
ހޯދާ