ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ގޭދޮށު މަސްފެކްޓަރީއެއް ޤާއިމުކޮށް ހިންގުމަށް ބިމެއް ކުއްޔަށް ދޫކުރުމާއި ބެހޭ

1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/W-31

2. މި ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން 21 އޮގަސްޓް 2024ވަނަ ދުވަހު މިކައުންސިލުން ކުރި ނަންބަރު: (IUL)410-P/410/2024/32 އިޢުލާނާއި ގުޅިގެން، ބިޑް ހުށަހަޅާފައިވަނީ އެއްފަރާތުން ކަމަށްވުމާއި އަދި ހުށަހަޅާފައިވާ އަގު ކުޑަކަމަށް ފެންނާތީ އެބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރުމަށް ނިންމުމާއިގުޅިގެން އަލުން މިބިމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. އެހެންކަމުން:-

3. މިރަށުގައި ގޭދޮށުމަސް ފެކްޓަރީއެއް ޤާއިމު ކުރުމަށް  އޭޒޯން ލައިސެންސް ޓްރެކާއި ޖެހިގެން އިރަށް އޮތް 20,000 އަކަފޫޓުގެ ބިމެއް ކުއްޔަށް ބިޑް އުޞޫލުން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުގެ 4 ވަނަ ދައުރުގެ 159 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވާތީ، އެ ބިމުގައި ގޭދޮށުމަސް ފެކްޓަރީއެއް ޤާއިމު ކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

4. ބިޑަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.

5. ދަޢުލަތުގެ އޮފީސްތަކުން އާންމުކޮށް އިޢުލާނުކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގައި އެރަށަކަށް ނުވަތަ އެ އަތޮޅަކަށް ނިސްބަތްވާ ވިޔަފާރިތަކަށް މަސައްކަތް ހަވާލުކުރުމުގައި އިސްކަންދެވޭނެއެވެ.

6. ބިން ކުއްޔަށް ހިފާ ފަރާތުން ބިމުގައި ފެކްޓްރީ ހިންގޭނީ، "މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމު ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 2020-91) ގެ ނަންބަރު 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމާއިއެކު، އެ ޤަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ނަގަންޖެހޭ ހުއްދަތައްވެސް ނަގައިގެންނެވެ.

7. މި ބިމުގައި ޤާއިމުކުރެވޭ ފެކްޓްރީގައި ހުރުން ލާޒިމްވާ ކަންކަން:

  1. ގޭދޮށު މަސްފެކްޓަރީ ގައި މަދުވެގެން ދުވާލަކު 10 ޓަނުގެ މަސް ކައްކައި ހިއްކޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.
  2. މި ޕެކްޓަރީގައި 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރޭޖްތަކެއް ހުރުން.
  3. ބުޗަރީ އޭރިއާ (މަސްކަނޑާ) ސުޓޭޝަން ވަކިން ހުރުން.
  4. މަސްކިރާނެ އެރިއާ ސުކޭލެއާއެކު ހުރުން.
  5. ޕުރޮސެސިންގް އޭރިއާ ހުރުން.
  6. އޮފީސް ކޮޓަރިއަކާއި، ތަޙްލީލުކޮށް، ކުއަލިޓީ ޗެކުކުރާނެ ލެބޯޓަރީއެއް ހުރުން.
  7. ހިކިމަހުގެ ބާވަތްތައް ރައްކާކުރާނެ ސުޓޯރެއް ހުރުން.
  8. މުވައްޒަފުން ބޭނުންކުރަން 2 ފާޚާނާ (އަންހެން ފިރިހެން ވަކިން) ހުރުން.
  9. ފެކްޓަރީގައި ބޭނުންކުރާނެ މޭޒުތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ފުޑް ގުރޭޑެޑް އެސް، އެސް (ސްޓޭންލެސް ސްޓީލް) އިންނެވެ.
  10. މިތަނުގައި ކައްކާ ގޭސް ބޭނުންކުރާ ނަމަ ބޭނުންކުރާ ފުޅީގެ އިތުރުން ހުންނަ އިތުރު ގޭސްފުޅިތައް ބެހެއްޓުމަށް އަލިފާން ގެންގުޅޭ ތަންތަނާއި ވަކިން މިޒޯނުގައި ގުދަނެއް ހެދިފައި ހުރުން.
  11. މަސްކައްކާ ހިއްކުމަށް ބޭނުންކުރާ ދަރާއި، ލަކުޑި، އަދި އޮނބުފަދަ ތަކެތި ބަހައްޓަންވާނީ މަހުގެ އުފެއްދުންތައް ޕްރޮސެސްކުރާ ބަޔާއި ވަކިންނެވެ.
  12. މިތަނުގައި މަސައްކަތް ކުރަންވާނީ ދުމާއި ވަހުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާގޮތަށް އެކަންކަން އިންތިޒާމްކޮށްގެންނެވެ.

8. ބިޑް ކާމިޔާބު ކުރާފަރާތާއި މިކައުންސިލާއި އެކު ވެވޭ އެއްބަސްވުމުގެ ދަށުން ބިޑް ކާމިޔާބު ކުރެވޭ ފަރާތުން އެބިމުގައި ފެކްޓްރީ ޤާއިމުކޮށްގެން މަސްގަނެ ޕްރޮސެސް ކުރުމުގެ މަސައްކަތް ނުފަށާ 24 މަސްދުވަސް ފާއިތު ވެއްޖެނަމަ، އެއްވެސް ބަދަލެއް ދިނުމަކާއި ނުލާ އެބިން ވަކި ކުރެވޭނެއެވެ.

9. މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން ކުލި ނުހިގާ ގޮތަށް ދެވޭނީ 3 މަސް ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން އެއްބަސްވުމުގައިވާ ބިމުގެ ކުލި ހިނގަން ފަށާނެއެވެ.

10. މިބިމުގައި މަސައްކަތް ކުރަން ވާނީ ބިން ކުއްޔަށް ނަގާ ފަރާތުންނެވެ. އެފަރާތުން އެހެން ފަރާތަކަށް ބިން ކުއްޔަށް ދީ، ވިއްކައި ނުހެދޭނެއެވެ.

11. ބިޑް އުޞޫލުން މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ  އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 00.50 (ފަންސާސް ލާރި) އެވެ.

12. މިގޮތުން މި ބިޑް ކާމިޔާބު ކުރެވޭނީ ޝަރުތު ހަމަވާ ހުށަހެޅުންތަކުގެ ތެރެއިން އަކަފޫޓަކަށް އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލެހުމަށްފަހުން ކަނޑައެޅިފައިވާ ކްރައިޓީރިއާތަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

13. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ:

- ހުށަހަޅާ ބިމުގެ ކުލި % 75

- ހުށަހަޅާ ޕްރޮޕޯސަލް % 20

- މަސްފެކްޓްރީ ޤާއިމުކޮށް ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތު % 5

14. ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ހުށަހަޅާ ފަރާތުގެ ސިޓީ

- ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ

- ވިޔަފާރި ހުއްދައިގެ ކޮޕީ

- ޖީ.އެސް.ޖީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

- ޕްރޮޕޯސަލް (މަސްފެކްޓްރީގެ ސައިޓް ފްލޯޕްލޭނާއި އެކު) – ޕްރޮޕޯސަލް ހުށަހަޅަންވާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯރމެޓްގައެވެ.

- މަސްފެކްޓްރީ ޤާއިމުކޮށް ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތު

- ސީ.އެސް.އާރުގެ ދަށުން ކޮށްދޭނެ ކަންކަމުގެ ތަފްސީލް

15. އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ / ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : bids@dhaandhoo.gov.mv

16. މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން، ފޮވުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް: 

https://forms.gle/XJbJ3v9D3oZi5uHJA

 17. ބިޑް ހުށަހެޅުން:

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ  17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

18. ހުށަހަޅާ ޕްރޮޕޯސަލް ތަކުން އެވޯޑް ކުރެވޭ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނީ ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ދެންނެވީމެވެ.

19. ގޭދޮށު މަސްފެކްޓަރީ ޤާއިމް ކުރުމަށް ކުއްޔަށް ދޫކުރެވޭ ބިން ދައްކުވައިދޭ ޗާޓް:

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

08 ސެޕްޓެންބަރު 2024
ހޯދާ