ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024"ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

"ގައްދޫ ފުޓްސަލް ޗެލެންޖް  2024"ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ 

މި އިދާރާއިންދޭ މައުލޫމާތާއި، އެއްގޮތަށް "ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 11:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އިން ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވުމަށްއެދޭ ފޯމް ފޮނުވަންވާނީ procurement@gadhdhoo.gov.mv މެއިލްއަށެވެ.

ބީލަމާއިގުޅޭ މައުލޫމާތު ޝީޓާއި އަދި އެހެނިހެން ލިޔުންތައް ބީލަމަށް ރަޖިސްޓްރީކުރުމުން، ރަޖިސްޓްރީ ކުރެވިފައިވާ މެއިލްއަށް ފޮނުވޭނެއެވެ. މި ބީލަމުގައި ޕްރީ ބިޑް މީޓިންގ އެއް ނޯންނާނެއެވެ.

އީމެއިލް ޒަރީއާއިން ހުށަހެޅޭ އަންދާސީ ހިސާބުތައްވެސް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، procurement@gadhdhoo.gov.mv އަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ procurement@gadhdhoo.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 7931318 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

ބީލަން ބަލައިގަތުމާއި ހުޅުވުން

ތަން

2024 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން

 

ތާރީޚް: 2024 ސެޕްޓެމްބަރ 18 ވާ ބުދަ ދުވަހު 11:00 ގައެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.)

ގދ.ގައްދޫ ކައުންސިލް އިދާރާ

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2024
ހޯދާ