މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ގުރައިދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުސޫލަށް 01 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު

އުސޫލު ނަންބަރު: (OTHER)338-AHR/338/2023/2  (ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

މާލެއަތޮޅު ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް، މާއަތޮޅު ގުރައިދޫން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ 04 ވަނަ ދައުރުގެ 107 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށް، 10 ޖުލައި 2023 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުސޫލަށް އަންނަނިވި އިޞްލާޙުތައް ގެނައުމަށް، މާލެއަތޮޅު ގުރައިދޫ ކައުންސިލުން ފާސްކޮށްފައިވެއެވެ.

01 ވަނަ އިޞްލާޙުގެ ގޮތުގައި ގެނެވޭ އިޞްލާޙްތައް

 

01- އުސޫލުގެ އެކިއެކި މާއްދާތަކުގައި "ކ.ގުރައިދޫ" ޖަހާފައިވާ އެންމެހާ ތަންތަން "މާލެއަތޮޅު ގުރައިދޫ" އަށް ބަދަލުކުރުން.

 

02- އުސޫލުގެ 01 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ތަޢާރަފް

1.

މިއުސޫލަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ވ)، (ހކ) އާއި 23 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި، 138 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ބިނާވެށި  ޕްލޭން  ކުރުމާއި ހިންގުމުގެ ގަވާއިދާއި، ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދާއި އަދި މާލެއަތޮޅު ގުރައިދޫގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

 

03- އުސޫލުގެ 02 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ނަން

2.

މިއުސޫލަށް ކިޔަނީ "މާލެއަތޮޅު ގުރައިދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުސޫލު" އެވެ.

 

04- އުސޫލުގެ 07 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

އުސޫލަށް ބަދަލު ގެނައުން

7.

މިއުސޫލަށް ބަދަލު ގެނައުމަށް ބޭނުންވެއްޖެނަމަ، މިއުސޫލަށް ބަދަލުގެނެވޭނީ ގޯތި ދިނުމަށް މިއުސޫލުގެ ދަށުން އައްޔަން ކުރެވޭ ވިލަރެސްކުރާ ކޮމެޓީގެ ލަފާގެ މަތިން ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް، އެ ނިންމި ނިންމުން ޢާއްމުކުރުމަށްފަހުއެވެ. މިގޮތަށް މިއުސޫލަށް ބަދަލެއް ގެނެވޭނަމަ، އަލުން އިޢުލާން ކުރެވޭނެއެވެ.

 

05- އުސޫލުގެ 09 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ދޫކުރުމަށް ކަނޑައަޅާ ގޯތީގެ ބޮޑުމިން

9.

މިއުސޫލުގެ ދަށުން މާލެއަތޮޅު ގުރައިދޫ ލޭންޑްޔޫސް ޕްލޭންގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވާ ގޯތީގެ ބޮޑުމިނަކީ 1500 އަކަފޫޓާއި 2500 އަކަފޫޓާއި ދެމެދުގެ ގޯއްޗެވެ.

 

06- އުސޫލުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

 

 

(ރ)

ވިލަރެސްކުރާ ކޮމިޓީގެ ކޯރަމަކީ ކައުންސިލުން ކޮމިޓީއަށް އައްޔަންކުރާ މެމްބަރުންގެ ތެރެއިން މަދުވެގެން 7 މެމްބަރުންގެ އަޣުލަބިއްޔަތެވެ. ކޮމިޓީއަށް ކަމެއް ނިންމޭނީ ކޮމިޓީގެ ކޯރަމްހަމަވެ، އަޣުލަބިއްޔަތު ކަމަށް މަދުވެގެން ބަޔާންކޮށްފައިވާ ކޮމިޓީ މެންބަރުންގެ އަދަދު ހަމަވެގެންނެވެ.

 

07- އުސޫލުގެ 14 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

 

 

(ޅ)

މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު، އިޢުލާނުކޮށްފިނަމަ، އަދި ކުރިން ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓް އިޢުލާނުކޮށްފައި ނުވާނަމަ، ފަހުން ކުރެވޭ އިޢުލާނުގެ މުއްދަތުގައި، ކުރިން ކުރި އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ކުރިން ހުށަހެޅިފައި ނެތް ލިޔެކިޔުމެއް ނުވަތަ އުސޫލަށް ގެނެވުނު ބަދަލަކުން އަލަށް ހުށަހަޅަންޖެހުނު ލިޔެކިޔުމެއް ސިޓީ އަކާއެކު ހުށައެޅުމުގެ ފުރުޞަތު އެފަރާތްތަކަށް އޮންނާނެއެވެ.

 

08- އުސޫލުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

 

 

(ހ)

ފޯމު ފުރާފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ދިވެހި ބަހުން ސާފުކޮށް ކިޔަން އެނގޭ ފަދައިންނެވެ. ކޮމްޕިއުޓަރުން ޓައިޕް ކުރެވިފައިވާ ފޯރމެއްނަމަ ޓައިޕް ކުރަންވާނީ ފަރުމާ ފޮންޓްގެ ސައިޒް 12 އިންނެވެ.

 

 

09- އުސޫލުގެ 16 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

 

 

(ނ)

600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން.

 

10- އުސޫލުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

 

 

(ހ)

ގޯއްޗަށްއެދި ހުށަހެޅުމަށް ކުރި އިޢުލާނާއި ގުޅިގެން  ގޯއްޗަށްއެދި ހުށަހަޅާ ފަރާތަށް ޝަރުޠު ހަމަނުވާނަމަ ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް އެފޯމްތަކަށް ލިޔުމުން ޖަވާބުދޭން ވާނެއެވެ.

 

11- އުސޫލުގެ 19 ވަނަ މާއްދާގެ (ޅ) އުސޫލުން އުނިކުރުން.

 

12- އުސޫލުގެ ޖަދުވަލު 01 އިޞްލާޙުކުރުން.

ޕޮއިންޓް ދެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައިކަމުގައިވާ ކައިވެނީބަޔަށް ޕޮއިންޓް ދެވޭ ގޮތާއި އޭގެ ތަފްސީލުތައް ބަދަލުކުމަށާއި، ހަތަރުވަނަ ބައިގެ ސުރުހީ އާއި އޭގެ ތަފްސީލުތައް ބަދަލުކުމަށާއި، އަދި ހަތްވަނަ ބައެއްގެ ގޮތުގައި ޕޮއިންޓް އުނިކުރެވޭ ބައެއް ހިމެނުން.

 

 

 

09 ސެޕްޓެންބަރު 2024
ހޯދާ