ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުންގެ ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކޭޝަންއެއް ހޯދުން

އިޢުލާން ނަންބަރު: (IUL)386/386/2024/64   

                                                          ޕްރޮޖެކްޓް ނަންބަރު: 2024/05

 

 އިޢުލާން

 

މުވައްޒަފުންގެ ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކޭޝަންއެއް ހޯދުން

މިކައުންސިލް އިދާރާގެ މުވައްޒަފުންގެ ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކެޝަންއެއް، 5 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 01 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މަލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބިޢުލްއައްވަލް 1446

09 ސެޕްޓެންބަރު 2024

 

މަޢުރޫފް އަޙްމަދު

     ސެކްރެޓަރީ ޖެނެރަލް

09 ސެޕްޓެންބަރު 2024
ހޯދާ