މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޑްރައިވިންގ ޓްރެކްގެ ގޯތި ތެރޭގައި ގުދަނެއް ޢިމާރާތް ކުރުމާބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

ބ.އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޑްރައިވިންގ ޓްރެކްގެ ގޯތި ތެރޭގައި ގުދަނެއް ޢިމާރާތް ކުރުމާބެހޭ

މިއިދާރާގެ ނަންބަރު:(IUL)230-AHI/230/2024/53 ( 29 އޮގަސްޓް 2024) އިޢްލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބީލަމުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ އެއިޢްލާން މިއަދު ބާތިލްކޮށް، އަލުން ބީލަމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިއިދާރާގެ ފަރާތުން ފޯރުކޮށްދޭ ކުރެހުމާއި މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެމަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން  procurement@baa.gov.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި މިކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

  • §        ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.  

2-      ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު procurement@baa.gov.mv  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3-      ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  16 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  procurement@baa.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

5-      ބީލަން/ ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 19 ސެޕްޓެންބަރު 2024  ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

 

06  ރަބީއުލްއައްވަލް  1446

09 ސެޕްޓެންބަރު 2024
ހޯދާ