ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ނަމުގައި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން

އިޢުލާން

"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ނަމުގައި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން

"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ނަމުގައި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

09 ސެޕްޓެމްބަރ 2024 އިން 19 ސެޕްޓެމްބަރ 2024 އަށް

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

30 ސެޕްޓެމްބަރ 2024

ހޯމަ

11:00

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

 

09 ސެޕްޓެންބަރު 2024
ހޯދާ