ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޙަތީބް އަޙްމަދުތަކުރުފާނުގެ ބައެއް މަރާމާތު މަސައްކަތްކުރުން – 04 ވަނަ ފަހަރު

މަސްޖިދުލް ޙަތީބް އަޙްމަދުތަކުރުފާނުގެ ބައެއް މަރާމާތު މަސައްކަތްކުރުން – 04 ވަނަ ފަހަރު

 

           މަސްޖިދުލް ޙަތީބް އަޙްމަދުތަކުރުފާނު ބައެއް މަރާމާތު މަސައްކަތް ކުރުމަށް މިއިދާރާއިން ކޮއްފައިވާ ނަމްބަރު (IUL)409/409/2024/56 ޢިއުލާން ބާޠިލްކޮށް އަލުން މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް  އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

 

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި)

17 ސެޕްޓެމްބަރު 2024 (އަންގާރަ)

11:00

   

           މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން info@nilandhoo.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

‏‏                        07  ރަބިޢުލްއައްވަލް  1446

10 ސެޕްޓެންބަރު 2024
ހޯދާ