މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމަށް ނަން ހުށަހެޅުން

އިޢުލާން

ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމަށް ނަން ހުށަހެޅުން

ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކޮށްގެން 11 ނޮވެމްބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މި އެވޯޑަށް ނަން ހުށަހަޅާ ފަރާތަކީ، ރ.މަޑުއްވަރީގެ ރަށްވެހީންގެ ރަޖިސްޓްރީގައިވާ ފަރާތަކަށްވުން ނުވަތަ އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ މަންމަ ނުވަތަ ބައްޕައަކީ ރ. މަޑުއްވަރީ ރަށްވެއްސަކަށް ވާންވާނެއެވެ.
  • ނަން ހުށަހަޅާ ފޯމް ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ސެޕްޓެމްބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

މި އިޢުލާނާއިއެކު "ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމުދެވޭ ގޮތުގެ އުޞޫލު" ހިމެނިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9960917 (ކޮމިޓީގެ ރައީސް ޔަޒީދާ ޢަލީ) އަދި 9853332 (ކޮމިޓީގެ ނައިބު ރައީސް ސާޖިދާ މުޙައްމަދު) ނަމްބަރަށް ގުޅުއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ