ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ވެބްސައިޓް ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށްދޭން ޝައުޤްވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 މި މަސައްކަތުގެ މައުލޫމާތުޝީޓް އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ މައުލޫމާތުޝީޓްގައިވާ ގޮތުގެ މަތިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މުހިންމު ސުންގަޑިތައް:

2024 ސެޕްޓެމްބްރ 10 ވަނަ ދުވަހުން ފެށިގެން 2024 ސެޕްޓެމްބްރ 18 ގެ ނިޔަލަށް

އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑް ރަޖިސްޓްރީކުރާފޯމް ފުރިހަމަ ކުރެއްވުމަށްފަހު       އަށް މެއިލް ކުރެއްވުން އެދެމެވެ.info@vashafaru.gov.mv

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

     ތަން: މީޓިން ރޫމް، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާ

ތާރީޚް: 19 ސެޕްޓެމްބްރ 2024

ގަޑި: 13:00  

މައުލޫމާތު ދިނުމުގެ ސެޝަން

     ތަން: މީޓިން ރޫމް، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާ

ތާރީޚް: 24 ސެޕްޓެމްބްރ 2024

ގަޑި: 13:00

ބީލަން ހުށަހެޅުން

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: info@vashafaru.gov.mv  

ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 7797902 އަށް.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ