ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ފުޓްސަލް ޗެލެންޖް 2024 ކުރިއަށްދާ މުއްދަތުގައި، ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ސްލޮޓް ދޫކުރުމާގުޅޭ

ގައްދޫ ފުޓްސަލް ޗެލެންޖް 2024 ކުރިއަށްދާ މުއްދަތުގައި، ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ސްލޮޓް ދޫކުރުމާގުޅޭ

            ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން، 2024 އޮކްޓޯބަރ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ކުރިއަށްދާ މުއްދަތުގައި، ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ކުއްޔަށް ސްލޮޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދު: 2
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ ބޮޑުމިން: 10'×'10
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގު: ދުވާލަކަށް -/200ރ (ދުއިސައްތަ ރުފިޔާ)
  • ކުއްޔަށް ދޫކުރާ ސްލޮޓަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. ނަމަވެސް ސްލޮޓަށް ބޭނުންވާ ކަރަންޓް ނެގުމަށް ބޭނުންކުރާ ކަރަންޓް ވާގަނޑު ނުވަތަ އެކްސްޓެންޝަން ބޯޑް ފަދަ ތަކެތި ހޯދުމަކީ ސްލޮޓް ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ.
  • ސްލޮޓް ދޫކުރެވޭނީ މުބާރާތް ކުރިއަށްދާ ޖުމްލަ މުއްދަތަށެވެ.
  • ސްލޮޓް ނަގާ ފަރާތުން ކުލީގެ ޖުމްލަ މުއްދަތަށް ކުރިޔާލައި ފައިސާ ދައްކަންވާނެއެވެ.
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓް އަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާނަމަ ސްލޮޓް ދޫކުރެވޭނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 2 ފަރާތަކަށެވެ. އަދި ހުށަހެޅުންތައް އެއްވަރުވާނަމަ ސްލޮޓް ލިބޭ ފަރާތެއް ހޮވޭނީ ޤުރުއަތުންނެވެ.
  • ·         މާރކްސް ދިނުމުގައި ބަލާނެ ކަންތައްޔައް:

-        ހުށަހަޅާ އަގު       80%

-        ޚިދުމަތްދޭ ގޮތް      20%

             ވީމާ، "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން ހިންގުމަށް ސްލޮޓް ކުއްޔަށް ހިފުމަށް ބޭނުންވާ ވިޔަފާރިތަކަށް އެކަމަށް އެދި 2024 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

             ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ