ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫގެ ބައެއް މަގުތަކުގައި މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ. ދިއްދޫގެ ބައެއް މަގުތަކުގައި މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ info@hadhidhoo.gov.mv  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މަޢުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ އިދާރާގެ ނަންބަރު: 6500019 އާއި ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

30  ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ