ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ކުރެހުމާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

  1. ހއ. އަތޮޅު ކައުންސިލް އިދާރާ ގެ އައު ޢިމާރާތް ކުރެހުމާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

https://forms.office.com/r/ABQ0bASzGD

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެންބަރު 2024 ވާ  ބުދަ ދުވަހުގެ މެންދުރު 11:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުވުމުގައި ބައިވެރިނުވި ކަމުގައި ވީނަމަވެސް، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްކަށް ބީލަން ހުށަހެޅޭނެއެވެ.

މަޢުލޫމާތު ދިނުން

  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.އަދި މިކައުންސިލްގެ ވެބްސައިޓް:www.halifatoll.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: procurement@halifatoll.gov.mv  

ފޯން ނަންބަރު:    6500341

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2024 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
10 ސެޕްޓެންބަރު 2024
ހޯދާ