މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުށްގަސް ކަނޑައިދޭނެ ފަރާތެއް ހޯދުން

ރުށްގަސް ކަނޑައިދޭނެ ފަރާތެއް ހޯދުމައިގުޅޭ

         ށ. ފީވަކު 'ނޫމަރާވިލާ' އެވެ ކިޔާ ބަންޑާރަ ގޯތީގެ ހުޅަނގަށްވާ ގޯޅިން ފެށިގެން އުތުރައް އަހްމަދީމަގާއި ދެމެދު ދިރިއުޅުމަށްޓަކައި އަލަށް ދޫކުރެވުނު ގޯތިތައް ހުރި މަގުތަކާއި ގޯޅިތަކުގައިވާ ރުށްގަސް އަމިއްލަ ޚަރަދުގައި ކަނޑައިދިނުމަށް ޝަޢުޤުވެރިވެލައްވާ ދިވެހިންނަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

         މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި " ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލަށްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް info@feevah.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

  • 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ  13:00އިން
  • 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން

  • 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.

ބީލަން ހުށަހެޅުން

  • 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

         ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި ޢީމެއިލް  ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެ އިތުރުން މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ.

         މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރ: 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާއްތަކަށެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

11 ސެޕްޓެންބަރު 2024
ހޯދާ