އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދަލުގެ ވެރިފަރާތެއް ވޭތޯ ބެލުން

       އދ. މަންދޫ ލޭންޑްޔޫސް ޕްލޭންގައި ހިމެނޭ ޕިކްނިކް އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެތަނުގައި ހުރި އަމިއްލަ މީސްމީހުންގެ އެންމެހައި ތަކެތި ނަގާ ސާފުކުރުމަށް 11 އޮކްޓޯބަރު 2023 ގައި ބޭއްވި މިކައުންސިލުގެ 53 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. މިގޮތުން އެސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ އުޅަނދުފަހަރާއި އެންމެހައި ތަކެތި 31 ޑިސެންބަރު 2023 ގެ ނިޔަލަށް ނަގައި އެސަރަހައްދު ހުސްކުރުމަށް އެދި 26 އޮކްޓޯބަރު 2023 ގައި މިކައުންސިލުގެ ނަންބަރު: (IUL)351/351/2023/47 އިޢުލާނުގައި ވާނީ އަންގާފައެވެ. އެހެންނަމަވެސް މިއަދާއިހަމައަށް އަދިވެސް ނުނެގި ހުރި އުޅަނދުފަހަރާއި އަމިއްލަ ފަރާތްތަކުގެ ތަކެތި އެސަރަހައްދުގައި ހުރިކަން ފާހަގަކުރަމެވެ.

      އެހެންކަމުން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު ސަރަހައްދުގައިހުރި މުދަލާއި އޭގެ ވެރިފަރާތުން ޙަވާލުވެ އެކަން މިއިދާރާއަށް ލިޔުމަކުން އަންގަވައިދެއްވުން އެދި ދަންނަވަމެވެ. އަދި މިމުއްދަތުގައި ވެރިފަރާތުން މުދަލާއި ޙަވާލުނުވެއްޖެނަމަ މިއިދާރާއިން އާންމުކޮށްފައިވާ ނަންބަރު: 2019/R-577 އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ 5 (ފަހެއް) ވަނަ މާއްދާގެ ދަށުން އެމުދަލަކީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅައި ހަވާލާދެންނެވުނު ގަވައިދުގެ ދަށުން އެމުދާ ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

11 ސެޕްޓެންބަރު 2024
ހޯދާ