ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ލާމަސީލުލާމު ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް 2024 އޮކްޓޫބަރ 23 ން 26 ށް ލ. ގަމު ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މިމުބާރާތް ހުޅުވާލެވިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސުކޫލްތަކުގެ ބަޔާއި، އާންމު ބައެވެ. ސުކޫލްތަކުގެ ބައިގައި ކޮންމެ ސްކޫލަކުން ބައިވެރިވެވޭނީ ގިނަވެގެން ސައުވީސް ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނާ، ނުބަލާ ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނެވެ. މުބާރާތުގެ އާންމު ބައި (ޤުރްއާން ކްލާސް، ޕްރީސްކޫލް، ކްލަބްޖަމްޢިއްޔާ، އާންމު ފަރުދުން) ގައި ބައިވެރި ވެވޭނީ ގޫގަލް ފޯމް ހުށަހަޅާ ތަރުތީބުން އައްޑިހަ ބައިވެރިންނެވެ. ޕްރީސުކޫލްތަކާ، ޤުރްއާން ކްލާސްތަކާ އަދި ކްލަބްޖަމްޢިއްޔާ ތަކުން ދެގޮފީގައި ގިނަވެގެން ބައިވެރި ކުރެވޭނީ ދިހަ ބައިވެރިންނެވެ.

ސްކޫލްތަކުގެ ބައިން ބަލައިގެން އަދި ނުބަލާ ކިޔެވުމުން ގޮފިން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަށް އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ހެޔޮ އެދުންތަކާއެކު ޢުމްރާ ދަތުރެއް އަދި އާންމު ބައިން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރިޔާއަށް އަލްޙިޖްރަ ޓްރެއިވަލްސް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑްގެ ހެޔޮ އެދެންތަކާއެކު ޢުމްރާ ދަތުރެއް ވަނީ ހަމަޖެހިފައެވެ.

 ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޫބަރ 06 ވަނަ ދުވަހު 13:00 ގެ ކުރިން ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

 

ބައިވެރިވުމުގެ ފޯމް : https://www.voshufila.com/62/participate 

11 ސެޕްޓެންބަރު 2024
ހޯދާ