މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި، ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ( ކާބޯތަކެތިން އުފެދޭ ކުނި (ބަދިގެ ބާކީ) ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމުގެ ނިޒާމް) ޤާއިމްކުރުމަށް ބޭނުންވާ އާލާތްތައް މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 10:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ..     
  4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 24 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 10:30ގެ އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 26  ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: info@inguraidhoo.gov.mv

        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

11 ސެޕްޓެންބަރު 2024
ހޯދާ