ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ެންވަޅުމަގުގެ އިރުއުތުރަށް އޮތް ބިމުގައިހުރި ފުނަގަސްތަކުގެ ވެރިފަރާތް ހޯދުމާއިގުޅޭ:

މިކައުންސިލުން،ފެންވަޅުމަގުގެ އިރުއުތުރުން އިންޑަސްޓްރިއަލް ވިލެޖްގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުގައި ހުރި ފުނަގަސްތަކުގެ ބަދަލުމައްސަލަ ނިންމުމަށް، އެގަސްތަކުގެ ވެރިން ހޯދުމަށް މިހާރުވާނީ ރަތްކުލައިގެ ދަވާދުން، 01 އިން 32 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައެވެ.

           ވީމާ، މިގަސްތަކުގެ ވެރިން، އެގަސްތަކުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން،  ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

 

11 ސެޕްޓެންބަރު 2024
ހޯދާ