މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރި ކައުންސިލް އިދާރާގެ ބްރޭންޑިންގ ޕެކް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މާފަރި ކައުންސިލް އިދާރާގެ ބްރޭންޑިންގ ޕެކް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނ. މާފަރު ކައުންސިލުގެ ބްރޭންޑިނގ ޕެކް ޑިޒައިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން (IUL)290-ADMIN/290/2024/47 (12 އޮގަސްޓް 2024) ގައި ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އަލުން މި މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

#

ތަފްޞީލް

ތާރީޚާއި ގަޑި

1

އަންދާސީ ހިސާބު ރަޖިސްޓްރީވުމުގެ ސުންގަޑި

23 ސެޕްޓެންބަރު 2024، 13:00

2

އަންދާސީ ހިސާބު ހުށަހެޅުން

03 އޮކްޓޫބަރު 2024، 13:00

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް  23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ  12:00 ގެ ކުރިން، finance@maafaru.gov.mv މިއީމެއިލް އެޑުރެހަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

              8 ރަބީޢުލްއައްވަލް 1446   

11 ސެޕްޓެންބަރު 2024
ހޯދާ