ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓްރޭޑިއަން ޕްލެޓްފޯމްގެ ތަމްރީން ސެޝަންތަކުގައި ބައިވެރިވުމަށް ހުޅުވާލުން

ޓްރޭޑިއަންއަށް ތައްޔާރުވުން

ޓްރޭޑިއަން ފަސޭހަކަމާއެކު ބޭނުންކުރަން ދަސްކޮށްދިނުމަށް ، ޓްރޭޑްނެޓުން ވަނީ ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރުމާގުޅޭ ޓްރެއިނިންގ ސެޝަންތަކެއް ތައްޔާރުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ސެޝަންތަކަނީ ޝިޕިން އޭޖެންޓުން، ފްރައިޓް ފޯވާޑަރުން، އިމްޕޯޓަރުން، އެކްސްޕޯޓަރުން އަދި ކްރޮސް ބޯޑަރ ރެގިއުލޭޓަރީ އޭޖެންސީސް (ސީބީއާރްއޭ)ތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ ސެޝަންތަކެކެވެ. އަދި މި ސެޝަންތަކުގެ ސަބަބުން ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރަން ފަރިތަވެ، ޕްލެޓްފޯމްގެ ބޭނުންކޮށްގެން މަސައްކަތް ކުރާނެ ގޮތް ދަސްވެގެންދާނެއެވެ.

 

މުހިއްމު ތާރީޚުތައް

12 ސެޕްޓެމްބަރ 2024: ޓްރޭޑިއަން ތަމްރީނުތަކަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެެއެވެ.  ތަމްރީންތަކުން ޖާގަ ކަށަވަރުކުރުމަށް އަވަހަށް ރަޖިސްޓަރކޮށްލައްވުން މުހިއްމެވެ.

15 އޮކްޓޯބަރ 2024: ޝިޕިން އެޖެންޓުން، ފްރައިޓް ފޯވާޑަރުން، އިމްޕޯޓަރުން، އެކްސްޕޯޓަރުން އަދި ކްރޮސް ބޯޑާ ރެގިއުލޭޓަރީ އެޖެންސީސް (ސީބީއާރްއޭ) ފަދަ ކަމާ ގުޅުންހުރި ހުރިހާ ފަރާތަކަށް ޓްރޭޑިއަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

01 ނޮވެމްބަރ 2024: ޓްރޭޑިއަން ލައިވް ކުރެވި ފޭސް 1 ގެ ޚިދުމަތްތައް ފެށިގެންދާނެއެވެ.

 

ޓްރޭޑިއަންއަކީ ކޮބާ؟

ޓްރޭޑިއަންއަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކޮށް އަވަސްކުރުމަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ނޭޝަނަލް ސިންގަލް ވިންޑޯ (އެންއެސްޑަބްލިއު) ނިޒާމެއްގެ ގޮތުގައި، މި ޕްލެޓްފޯމުން ވިޔަފާރިވެރިންނަށާއި، ސަރުކާރުގެ އިދާރާތަކަށް، އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކަށް އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެއް ތަނަކުން ހުށަހަޅައި ބެލުމުގެ މަގުފަހިވެގެންދާނެއެވެ. މި ޕްލެޓްފޯމްއިން އެކި އެކި އިދާރާތައް ގުޅުވައިދީ، މުހިއްމު މަސައްކަތްތައް އޮޓޮމޭޓްކޮށް، އިދާރީ ގޮތުން އުފުލަންޖެހޭ ބުރަތައް ލުއިކޮށްދީ، ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވި، ވިޔަފާރީގެ މުއާމަލާތްތަކުގެ ހާމަކަން އިތުރުކުރެވިގެންދާނެއެވެ.

 

ކުރަންޖެހޭ ކަންކަން:

  • ތަމްރީނު ސެޝަންތަކުގައި ރަޖިސްޓަރކުރުން: 12 ސެޕްޓެމްބަރ 2024ގައި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ރަޖިސްޓަރީކުރުމަށް ހުޅުވާލެވިގެންދާނެއެވެ.
  • ތަމްރީނުތަކުގައި ބައިވެރިވުން: ރަޖިސްޓަރީވުމަށްފަހު، ޓްރޭޑިއަން ތަމްރީނު ސެޝަންތަކުގައި ބައިވެރިވާންވާނެއެވެ.

 

ތަމްރީން ސެޝަންތަކުގެ ތަފްސީލް

ޓްރޭޑިއަން ތަމްރީން ސެޝަންތަކަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސެޝަން ތަކެކެވެ. އަދި މި ސެޝަންތަކުގެ ސަބަބުން ޓްރޭޑިއަންގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިގެންދާނެއެވެ. ތިރީގައިވާ ތާވަލުގައި މިވަނީ މިވަގުތަށް ހަމަޖެހިފައިވާ ތަމްރީނު ސެޝަންތަކުގެ ތަފްސީލް، ޝެޑިއުލް، ބައިވެރިންގެ ޝަރުތުތައް އަދި ސެޝަންތަކުންގައި ހިމެނޭ މައުޟޫތަކުގެ މައުލޫމާތެވެ.

 

ތަމްރީނުގެ ނަން

ދުވަސް / ވަގުތު

ބައިވެރިން

ތަމްރީނު ދެވޭ ގޮތް

ސެޝަންގެ މަޢުލޫމާތާއި ހިމެނޭ މައުޟޫޢުތައް

ޓްރޭޑިއަން އާއެކު ދަތިކަމެއްނެތި ވިޔަފާރިކުރުމަށް ތަޢާރަފެއް (އޮންލައިން)

ކޮެންމެ އަންގާރަ ދުވަހެއްގެ ހެނދުނު (ސެޕްޓެމްބަރ 17، 24، އޮކްޓޯބަރ 1،8،15،22 އަދި 29)

ހުރިހާ ބައިވެރިން (އެހެން ސެޝަންތަކުގައި ބައިވެރިވުމުގެ ކުރިން ފުރިހަމަކުރުމަށް)

އޮންލައިން

ޓްރޭޑިއަންގެ ތައާރަފް، ވިޔަފާރީގެ މަސައްކަތްތައް ސްޓްރީމްލައިންކުރުމަށް އަލިއަޅުވާލުން.

މައުޟޫޢުތައް: ޓްރޭޑިއަންގެ އާންމު މައުލޫމާތު، ނޭޝަނަލް ސިންގަލް ވިންޑޯގެ ކޮންސެޕްޓް، ސިސްޓަމްގެ ޑެމޯ އަދި ސުވާލާއި ޖަވާބު

ޓްރޭޑިއަން އާއެކު ހަރުދަނާ ޝިޕިންގ އޮޕަރޭޝަންތައް

 

ބުދަ ދުވަސް (ސެޕްޓެމްބަރ 25، އޮކްޓޯބަރ 2،9 އަދި 23)

ޝިޕިންގ އޭޖެންޓުން

އިން-ޕަރސަން (ޓްރޭނިންގ ހޯލަށް ހާޒިރުވެ ބައިވެރިވުމަށް)

ޝިޕިން އޭޖެންޓުންނަށް ޓްރޭޑިއަން ބޭނުންކޮށްގެން ޝިޕިން ޕްރޮސެސްތައް އެންމެ އެކަށޭނަގޮތަށް ބައްޓަންކުރަން އެހީތެރިވެދޭނެ.

މައުޟޫޢުިތައް: އުޅަނދު ރަޖިސްޓަރީކުރުން، މެނިފެސްޓް ހުށަހެޅުން، އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރ މެނޭޖްކުރުން އަދި ސުވާލާއި ޖަވާބު

ޓްރޭޑިއަން އާއެކު ފްރެއިޓް ފޯވަރޑިންގ އޮޕަރޭޝަންތައް

 

ބުދަ ދުވަސް (ސެޕްޓެމްބަރ 18،25، އޮކްޓޯބަރ 9،16،23 އަދި 30)

ފްރައިޓް ފޯވާޑަރުން

އިން-ޕަރސަން

(ޓްރޭނިންގ ހޯލަށް ހާޒިރުވެ ބައިވެރިވުމަށް)

ފްރެއިޓް ފޯވަރޑިންގެ އަމަލީ ބޭނުން ޓްރޭޑިއަން ބޭނުންކޮށްގެން ހަރުދަނާގޮތެއްގައި ކުރުމަށް މައުލޫމާތު ފޯރުކޮށްދިނުން.

މައުޟޫޢުތައް: މެނިފެސްޓް ބެލެހެއްޓުން، ބިލް އޮފް ލޭޑިންގ ހުށަހެޅުން، އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރ  ދޫކުރުން އަދި ސުވާލާއި ޖަވާބު

ޓްރޭޑިއަން އާއެކު އިމްޕޯޓް އަދި އެކްސްޕޯޓް ޤަވާޢިދުތަކަށް ތަބާވުން

 

ބުދަ ދުވަސް (ސެޕްޓެމްބަރ 18، އޮކްޓޯބަރ 2،16،30)

އިމްޕޯޓަރުންނާއި އެކްސްޕޯޓަރުން

އިން-ޕަރސަން

(ޓްރޭނިންގ ހޯލަށް ހާޒިރުވެ ބައިވެރިވުމަށް)

ޓްރޭޑިއަން ބޭނުންކޮށްގެން ލައިސަންސާއި ސެޓްފިކެޓް ބެލެހެއްޓުމަށް ބޭނުންވާ ރެގިއުލޭޓަރީ ކޮމްޕްލަޔަންސްއާ ބެހޭ ތަމްރީނު.

މައުޟޫޢުތައް: ލައިސަންސް އެންޑް ޕާމިޓް މެނޭޖްމަންޓް، ސެޓްފިކެޓް ހުށަހެޅުން އަދި ސުވާލާއި ޖަވާބު

އަމިއްލަ ގްރޫޕްތަކަށް ޚާއްޞަކޮށްފައިވާ ތަމްރީނު ސެޝަންތައް

ގްރޫޕްތަކުން އެދޭ ދުވަހަކަށް ބައިވެރިންގެ އަދަދަށް ބަލައިގެން

އަމިއްލަ ގްރޫޕުތައް

ކަސްޓަމައިޒް (އޮންލައިން ނުވަތަ އިން-ޕަރސަން)

ގްރޫޕްތަކުގެ ވަކި ބޭނުންތަކަށް ބެލުމަށްފަހު ތައްޔާރުކުރެވިފައިވާ ތަމްރީނު ސެޝަނެއް.

މައުޟޫޢުތައް: ގްރޫޕްގެ ބޭނުމަށް ބެލުމަށްފަހު ކަސްޓަމައިޒްކޮށްފައިވާ މައުޟޫޢުތައް.

 

 

ރަޖިސްޓަރީކުރާނެ ގޮތް

ތިރީގައިވާ ތަމްރީނު ސެޝަންތަކަށް، ޓްރޭޑިއަން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

  • ޓްރޭޑިއަން އާއެކު ދަތިކަމެއްނެތި ވިޔަފާރިކުރުމަށް ތަޢާރަފެއް (އޮންލައިން)
  • ޓްރޭޑިއަން އާއެކު ހަރުދަނާ ޝިޕިންގ އޮޕަރޭޝަންތައް
  • ޓްރޭޑިއަން އާއެކު ފްރެއިޓް ފޯވަރޑިންގ އޮޕަރޭޝަންތައް
  • ޓްރޭޑިއަން އާއެކު އިމްޕޯޓް އަދި އެކްސްޕޯޓް ޤަވާޢިދުތަކަށް ތަބާވުން
  • އަމިއްލަ ގްރޫޕްތަކަށް ޚާއްޞަކޮށްފައިވާ ތަމްރީން ސެޝަންތައް

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:

ހައްވާ އަފްރާއު

ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ލީޑް

ގުޅޭނެ ނަންބަރު: 3334001

އީމެއިލް: hawwa.afrau@tradenet.com.mv

11 ސެޕްޓެންބަރު 2024
ހޯދާ