ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ އުތުރުފަރާތުގައި ޤަވާއިދާއި ޚިލާފަށް އެހެލާފައިވާ ލޯންޗްތަކާއި، ޑިންގީތަކާއި ދޯނިތައް ނެގުމާގުޅޭ:

   އިޢުލާން

ތިނަދޫ ސިޓީ އުތުރުފަރާތުގައި ޤަވާއިދާއި ޚިލާފަށް އެހެލާފައިވާ ލޯންޗްތަކާއި، ޑިންގީތަކާއި ދޯނިތައް ނެގުމާގުޅޭ:

  މިކައުންސިލްގެ ނަމްބަރ : (IUL)415/415/2024/117 ( 28 މެއި 2024 ) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ. ތިނަދޫ ސިޓީގެ މޫދަށް އެރޭ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ގިނަ ދުވަސްތަކެއްވަންދެން ބަހައްޓާފައިވާ ތަކެތި ނެގުމަށް ދެވިފައިވާ މުއްދަތު ހަމަވެފައިވާތީވެ، އަދިވެސް  ބައެއް ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގާފައިނުވާތީ، 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެތަކެތި ނެގުމަށް ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ. މި ދެންނެވި މުއްދަތުގައި މި އުޅަނދުތައް މިތަނުން ނުނަގައިފިނަމަ ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ ޤަވާޢިދު 2014R-199/ ( ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ) ގެ 06 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އުޅަނދުތައް ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމުގައި އުޅަނދުތަކަށް ލިބޭ ގެއްލުމަށް މި ކައުންސިލުން ޒިއްމާ ނުވާނޭ ވާހަކަވެސް ދެންނެވީމެވެ.

            މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާންކުރަމެވެ.

11 ސެޕްޓެންބަރު 2024
ހޯދާ