މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ޕްރޮޖެކްޓް ނަންބަރު:  PC-942024W-27

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)94-Q/94/2024/28 އިޢުލާނުގެ މަޢުލޫމާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި، މި ދެންނެވުނު އިޢުލާނު ބާތިލްކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް މޯލްޑިވްސް އިމިގްރޭޝަން ސަދަންރީޖަނަލް އޮފީސް (ސ. މަރަދޫ/ ރައްވެހިގެ، މުދިންގޭމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00:00 އަށް އައްޑޫ ސިޓީގެ އޮފީސް (ސ. މަރަދޫ/ ރައްވެހިގެ، މުދިންގޭމަގު) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476 , +960 3330470

އީމެއިލް  : bid@immigration.gov.mv

ކޮޕީ    : procurement@immigration.gov.mv    

12 ސެޕްޓެންބަރު 2024
ހޯދާ