ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މުންޑޫ ކައުންސިލްއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލު

  1. 1.  

ތަޢާރަފް:

 

މިއީ ލ. މުންޑޫކައުންސިލްއިން އެކި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެގޮތް ތަފްސީލްކޮށް ބަޔާންކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.

 

  1. 2.       

މަޤްޞަދު:

 

މި އުޞޫލު އެކުލަވާލުމުގެ މަޤުޞަދަކީ ލ.މުންޑޫ ކައުންސިލްގެ ފަރާތުން އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ވެދޭނަމަ އެކަން ދެފުށްފެންނަ އަދި އިންސާފުވެރި ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމެވެ.

 

  1. 3.       

މާލީ އެހީދިނުމަށް ބަޖެޓްކުރުން:

 

ލ.މުންޑޫ ކައުންސިލުން އެއްވެސް ފަރާތަކަށް މާލީއެހީތެރިކަމެއް ފޯރުކޮށްދެވޭނީ އެހިނގާ މާލީއަހަރުގެ ބަޖެޓުގައި އެކަމަކަށް ނުވަތަ ހަރަކާތަކަށް ބަޖެޓު ކަނޑައެޅިފައިވާނަމައެވެ.

  1. 4.       

މާލީ އެހީ ދެވޭނެ ފަރާތްތައް:

 

 

 

 

 

ލ.މުންޑޫ ކައުންސިލުން މާލީ އެހީދޭނީ ލ.މުންޑޫ ގައި ހިންގާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ލ.މުންޑޫގައި ހިންގާ ޕްރީ ސްކޫލްތަކަށާއި ރަޖިސްޓްރީ ކޮށްގެން ހިންގާ ހަރަކާތްތެރި ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މި އުސޫލުގައި ފާހަގަކޮށްފައި ނުވާ އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ދެވޭނީ އެފަރާތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކައުންސިލަށް ހުށަހަޅައި ކައުންސިލުން ފާސްކޮށްގެން ނެވެ.

 

 

  1. 5.       

މާލީ އެހީ ތެރިކަމަށް އެދި ހުށަހެޅުމާއި މާލީ އެހީ ދިނުން:

 

މިއުޞޫލުގެތެރެއިން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު އަބަދުވެސް ހުޅުވާލެވިފައިވާނެއެވެ. މިގޮތުން އެހީއަށް އެދި ހުށައަޅާއިރު އެކަމަށް އެދޭ ސިޓީއާއެކު ތަފްޞީލު ޕްރޮޕޯސަލް ފޮނުވަންވާނެއެވެ. އެހީ ދިނުމާމެދު ގޮތްނިންމާނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުންނެވެ.

  1. 6.       

މާލީ އެހީ ތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިވޭލްވޭޓް ކުރުން:

 

ލ.މުންޑޫ ކައުންސިލްއަށް މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުރިހާ ހުށަހެޅުންތަކެއްވެސް އިވެލުއޭޓް ކުރާނީ  ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އިދާރީ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. މިކޮމެޓީގައި މަދުވެގެން 03 (ތިނެއް) މެންބަރުން ހިމެނެންވާނެއެވެ. އަދި މިއުޞޫލު ފާސްކޮށް ގެޒެޓުގައި ޝާއިޢުކުރުމަށްފަހު ގިނަވެގެން 15 ދުވަސްތެރޭ މިކޮމެޓީ އެކުލަވާލަންވާނެއެވެ.

  1. 7.       

މާލީ އެހީތެރިކަމުން ހިންގޭ ހަރަކާތްތައް މޮނިޓަރ ކުރުން:

 

ލ.މުންޑޫ ކައުންސިލުން ދޫކޮށްފައިވާ މާލީ އެހީގެ ކޮންމެ ހަރަކާތެއްގެ  ތަފްސީލް މަޢުލާމާތު ހިމެނޭ މޮނިޓަރިންގ ރިޕޯޓެއް މި ކައުންސިލްއިން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް، އެ ހަރަކާތެއް ނިމޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި ލ.މުންޑޫ ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މި ރިޕޯރޓް ހުށަނާޅާ ފަރާތްތަކަށް މާލީ އެހީތެރިކަން ދޫނުކުރުމުގެ އިޚްތިޔާރު ލ.މުންޑޫ ކައުންސިލްއަށް ލިބިގެންވެއެވެ.

 

  1. 8.       

މާލީ އެހީ ރަނގަޅު ގޮތުގައި ބޭނުން ނުކުރާ ފަރާތްތަކަށް މާލީ އެހީގެ އިތުރު ފުރުޞަތު ނުދިނުން:

(ހ)

 

 

 

(ށ)

ލ.މުންޑޫކައުންސިލުން ދޫކޮށްފައިވާ މާލީއެހީގެ އެއްވެސްޙަރަކާތެއް ކުރިއަންގެންދެވޭ ގޮތްނުވެއްޖެނަމަ އެކަން ލަސްނުކޮށް މިކައުންސިލަށް ލިޔުމުން އަންގަންވާނެއެވެ.

 

މާލީއެހީ ހޯދި ޕްރޮޖެކްޓްގައި ނުހިމެނޭ ޙަރަކާތަކަށް ފޯރުކޮށްދެވުނު ބަޖެޓުން ޚަރަދުކުރަންވާނީ މިކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި މިކައުންސިލަށް އެންގުމަކާނުލައި ހުށައެޅި ޙަރަކާތްތަކާއި ނުގުޅޭކަމަކަށް ޚަރަދުކޮށްފިނަމަ ނުވަތަ ކަނޑައެޅޭ މުއްދަތުގައި އެޙަރަކާތްތައް ނުހިންގޭނަމަ ފޯރުކޮށްދެވުނު މާލީއެހީ އަނބުރާ ދައްކަންޖެހޭނެއެވެ. މިފަދަ ފަރާތްތައް އިތުރަށް މާލީއެހީގެ ޕްރޮގްރާމްގައި ބައިވެރިނުކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

  1. 9.       

މާނަކުރުން:

 

"މާލީ އެހީ" ކަމަށް ބުނެފައި އެވަނީ ލ.މުންޑޫ ކައުންސިލްގެ ބަޖެޓުން އެކި އެކި ފަރާތްތަކަށް ލ.މުންޑޫ ކައުންސިލްގެ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ދެވޭ ފައިސާގެ އެހީއެވެ.

 

12 ސެޕްޓެންބަރު 2024
ހޯދާ