ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނު އަވަށު ކުނި ގޮނޑަށް ދަގަނޑު، ކެޔޮގަސް، ބޮޑެތި ރުއްގަސް ފަދަ ތަކެތި އެޅުން މަނާ ކުރުމާއި ގުޅޭ

މި އިދާރާގެ ނަންބަރ (IUL)254/254/2022/58 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. ހަވާލާ ދީފައިވާ އިޢުލާން ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ދެނުކު އަވަށު ކުނިގޮނޑަށް ބޮޑެތި ކުނި (ގަސްބުރި، ކެޔޮގަސް، ރުއްގުޅި، ފަދަތަކެތި) އަދި ދަގަނޑު ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި މިފަދަ ކުނި އަޅަން ވަނީ އުތުރުއަވަށުގެ ގޮނޑުގައި މިފަދަތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދައްކަމުގައި ދަންނަވަމެވެ.

ވީމާ، ބަޔާންކޮށްފައިވާ ފަދަ ތަކެތި ދެކުނުއަވަށު ގޮނޑަށް އެޅުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުނޫން އެހެން ސަރަހައްދަކަށް މިފަދަ ތަކެތި އަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަމެވެ.

12 ސެޕްޓެންބަރު 2024
ހޯދާ