މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 12 ވަނަ ޤުރްއާން މުބާރާތާއިބެހޭ

މި އިޢުލާންވަނީ 14 ސެޕްޓެންބަރު 2024 19:51 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 12 ވަނަ ޤުރްއާން މުބާރާތާއިބެހޭ

 

ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމާމެދު ލޯބިޖެއްސުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށް ގެންދާ "ކައުންސިލް ޤުރުއާން މުބާރާތް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 17، 18 އަދި 19 ވާ ބުރާސްފަތި،

ހުކުރު އަދި ހޮނިހިރު މި 03 ދުވަހެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭނެ ބައިތައް ތިރީގައި ބަޔާންކުރަމެވެ.

  1. މުބާރާތުގައި ހިމެނެނީ ދެ ގޮއެއްޕެވެ. އެއީ ބަލައިގެން (ފޮތުން) ކިޔުމުގެ ގޮއެއްޕާއި ނުބަލާ (ހިތުން) ކިޔެވުމުގެ ގޮއެއްޕެވެ.

 

-         ބަލައިގެން ކިޔެވުމުގެ ބައި:

  • ބަލައިގެން ކިޔެވުމުގެ ބައިން ކުރާނީ 1 ސުވާލެވެ. ސުވާލުގެ ދިގުމިނަކީ 10 ފޮޅުވަތެވެ.
  • ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.

 

-         ނުބަލައި ކިޔެވުމުގެ ބައި:

  • ނުބަލާ ކިޔެވުމުގެ ބައިން ސުވާލު ކުރާނީ ކިޔަވަންޖެހޭ މުޤައްރަރު 02 ބަޔަކަށް ބަހާލުމަށްފަހު، ކޮންމެ ބަޔަކުން 05 ފޮޅުވަތުގެ 01 ސުވާލެވެ. ޖުމްލަ 02 ސުވާލެވެ.
  • ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.

#

ކީސްޓޭޖްތައް

ނުބަލައި

ބަލައިގެން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

1

ނާސަރީ އަދި ބޭބީ ނާސަރީ

ބޭނުން ސޫރަތެއް

 

2

ފައުންޑޭޝަން

ފާތިހާ 1 – ބަޤަރާ 77

އަޢުލާ 1 – ނާސް 6

1 ވަނަ ފޮތް

30 ވަނަ ފޮތް

3

ކީސްޓޭޖް 1

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1 - 3

ފޮތް 28 - 30

4

ކީސްޓޭޖް 2

ފޮތް 1 - 3

ފޮތް 28 - 30

ފޮތް 1 - 7

ފޮތް 24 - 30

5

ކީސްޓޭޖް 3

ފޮތް 1 - 5

ފޮތް 26 - 30

ފޮތް 1 - 10

ފޮތް 21 - 30

6

ކީސްޓޭޖް 4

ފޮތް 1 - 7

ފޮތް 24 - 30

ފޮތް 1 - 15

30 ވަނަ ފޮތް

7

އާއްމުންގެ ބައި

ފޮތް 1 - 15

ފޮތް 21 - 30

ފޮތް 1 - 30

 

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

ރަސްމާދޫގެ ރައްޔިތެއް ކަމުގައިވުން ނުވަތަ ރަސްމާދޫގައި ދިރިއުޅެމުންދާތާ 01 އަހަރަށްވުރެއް ގިނަ ދުވަސްވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ރަސްމާދޫގައި ހިންގާ ސްކޫލެއްގެ ދަރިވަރެއް ކަމުގައިވުން.

ނޯޓް: މިއަހަރުގެ ޤުރުއާން މުބާރާތުގައި ދަރިވަރު ކިޔަވަން ބޭނުން ކޮންމެ އެއްޗަކުން ކިޔެވޭނެ ވާހަކަ ދަންނަވާލަން. (ޚަތިމް، ޓެބްލެޓް، އައްމާފޮތް)

 

މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް 2024 ސެޕްޓެމްބަރ 12 އިން ފެށިގެން 2024 އޮކްޓޯބަރ 01 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު،

2024 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ހުށައެޅުމަށް ދަންނަވާލަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2024
ހޯދާ