މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ކައުންސިލް އިދާރާގެ ''ފިނިފެންމާ މާލަމް'' މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ :

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގެ ''ފިނިފެންމާ މާލަމް'' މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓޭޝަންތައް ބޮޑުކަމަށް ފެންނާތީ، އެކޯޓޭޝަންތައް ބާޠިލްކޮށް، އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބިޑްފޯމް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2024
ހޯދާ