މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ސާވަރއެއް ސަޕްލައިކޮށް ސެޓަޕްކުރުން

މި ވުޒާރާއަށް ބޭނުންވާ ސާވަރއެއް ސަޕްލައިކޮށް ސެޓަޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވައި، ތިރީގައިވާ ތާވަލާ އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމަށް ރެޖިސްޓަރ ކުރެއްވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައި، 18 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

https://forms.gle/exgrXPYyXpyp48DF8

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

25 ސެޕްޓެންބަރު 2024 (ބުދަ)

10:30

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު އަދި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރެޖިސްޓަރ ކުރައްވާ ފަރާތްތަކާއި އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް procurement@tourism.gov.mv އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

12 ސެޕްޓެންބަރު 2024
ހޯދާ