ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި ޔުނިޓީ ޗެންޕިއަންޝިޕް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން "ދި ޔުނިޓީ ޗެންޕިއަންޝިޕް"   ގެ ނަމުގައި 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުޅިވަރު މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ނޮވެންބަރު 11 އިން ފެށިގެނެވެ. މިއީ ދެޖިންސަށް ހާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އެކުލެވިގެންވަނީ 2 އެޑިޝަނަށެވެ. އެއީ ހޭންޑްބޯޅަ އެޑިޝަން (އަންހެން ޑިވިޝަން) އަދި ފުޓްސަލް އެޑިޝަން (ފިރިހެން ޑިވިޝަން) އެވެ.

މިމުބާރާތުގެ ދެއެޑިޝަން ވެސް ޗެމްޕިއަން ޓީމަށް 15,000/- (ފަނަރަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000/- (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތައް ރަޖިސްޓާކުރުމާއި ޓީމް ލިސްޓް ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.    

 

 

ހުޅުވާލާ ތާރީޚް

ސުންގަޑި

ޓީމް ރަޖިސްޓްރީ ކުރުން

ހޭންޑްބޯޅަ އަދި ފުޓްސަލް

12 ސެޕްޓެންބަރު 2024

20 އޮކްޓޫބަރު 2024 | 14:00

ޓީމް ލިސްޓް ހުށަހެޅުން

ހޭންޑްބޯޅަ

ޓީމް ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން

05 ނޮވެންބަރު 2024 | 14:00

ޓީމް ލިސްޓް ހުށަހެޅުން

ފުޓްސަލް

ޓީމް ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން

10 ނޮވެންބަރު 2024 | 14:00

 

ހޭންޑްބޯޅަ ޓީމް ރަޖިސްޓްރީކުރުމަށް: https://shorturl.at/0dcCd

ފުޓްސަލް ޓީމް ރަޖިސްޓްރީކުރުމަށް:  https://shorturl.at/vXhAv    

     

ވީމާ، މަތީގައިވާ ލިންކް މެދުވެރިކޮށް ޓީމް ރަޖިސްޓްރީކުރުން އެދެމެވެ. އަދި ޓީމް ރަޖިސްޓްރީކުރުމުން ޓީމް ލިސްޓް ހުށަހެޅުމަށް ރަޖިސްޓްރީކުރާ އީމެއިލަށް ލިންކް ފޮނުވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6780701 / 9776450 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2024
ހޯދާ