މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ރަންދި އެވޯޑް' އަށް ކުރިމަތިލުމަށް ހުޅުވާލުން

ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި އަދި އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށް އަދި ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެގޮތުން، މުލަކަތޮޅު ދިއްގަރު ކައުންސިލުން 'ރަންދި އެވޯޑް' ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލަމެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި، އެދާއިރާތަކުން އެވޯޑް ޙައްޤުވާ ފަރާތްތައް ކަނޑައަޅާނެ މިންގަނޑުތަކާއި، އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް، މި ކައުންސިލުން ފާސްކޮށްފައިވާ 'ރަންދި އެވޯޑް ދިނުމުގެ ޢުޞޫލް' ގައި ބަޔާންކޮށްފައިވާނެއެވެ. އެ އުޞޫލު މި އިޢުލާނާއިއެކު ޢާއްމުކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2024 އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން، އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް ނަންގަވައި، ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކާއިއެކު، މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް info@dhiggaru.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް، މިއިދާރާގެ ވެބްސައިޓުންނާއި، ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. މި އެވޯޑުގައި ހިމެނޭ މަތީދަރަޖައިގެ ބައިން، އެވޯޑު ދިނުމުގައި މުއްދަތު ބަލާނީ ކައުންސިލްގެ 4ވަނަ ދައުރު ފެށުނު ތާރީޚްކަމުގައިވާ 17 މޭ 2021 އިން ފެށިގެން އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚް ކަމުގައިވާ 15 އޮކްޓޫބަރު 2024 ގެ ނިޔަލަށެވެ.

16 ސެޕްޓެންބަރު 2024
ހޯދާ