ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕްލީޓް ޑިސްޓްރިބިއުޝަން ފޮށި ތައްޔާރުކުރުކޮށް ސަޕްލައިކޮށްދިނުމަށްކުރި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރުން

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2024/47

ތާރީޚް

‏ 13 ރަބީޢުލްއައްވަލު 1446

 16 ސެޕްޓެމްބަރ 2024

 

ކޮމްޕްލީޓް ޑިސްޓްރިބިއުޝަން ފޮށި ތައްޔާރުކުރުކޮށް ސަޕްލައިކޮށްދިނުން

 

            މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއެއްގޮތަށް މިރަށު މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކަށް ބޭނުންވާ ސަބް ޑީބީ ހަރުކުރުމަށް ބޭނުންވާ ކޮމްޕްލީޓް ޑިސްޓްރި ބިއުޝަން ފޮށި ތައްޔާރުކޮށް މިކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)421/ESMSED/421/2024/43 (25 އޯގަސްޓް 2024)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަނަދާސީ ހިސާބް ތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން ހުޅުވާލަމެވެ.

ވީމާ،މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް procurement@gaafdhaalvaadhoo.gov.mv އަށް ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

24 ސެޕްޓެމްބަރ 2024

އަންގާރަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

26 ސެޕްޓެމްބަރ 2024

ބުރާސްފަތި

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                              

                                                                                                                                                                                                                       

                                                                   ޙަސަން ޢަބްދުﷲ

                                                                  ކައުންސިލްގެ ރައީސް

16 ސެޕްޓެންބަރު 2024
ހޯދާ