މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 ( މެނެޖީރިއަލް ސަރވިސް 3 )

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އިނާޔަތްތައް

-/7,035 ރުފިޔާ

-/2,000 ރުފިޔާ

2,462/25 ރުޔިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ތިމާވެށްޓާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ހާސިލުކޮށްފައިވުން. ނުވަތަ،
  • ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފެނާއި ނަރުދަމާއާ ގުޅޭ ސްޓޭންޑަރޑްސް އާއި ގައިޑްލައިންސް ތައްޔާރު ކުރުމާއި، ތައްޔާރު ކުރެވޭ ސްޓޭންޑަރޑްސް އަދި ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމްގެ ނެޓް ވާރކްތައް ޑިޒައިންގކޮށް ޓެންޑަރ ޑޮކިއުމަންޓްސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރު ކުރުމާއި އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާއި ހަވާލުވެ މަސައްކަތް ކުރުން.
  • ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިންތައް ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި އިވެލުވޭޓްކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  •  ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާ ނިޒާމްތައް ޑިޒައިން ކުރުމުގެ އެއްވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ހައްލުކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ޓެންޑަރަށް ހުށައަޅަންޖެހޭ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ޓެންޑަރަށް ހުށައެޅުމާއި ޕްރޮޖެކްޓް ތަކާ ގުޅިގެން ދޭންޖެހޭ ކޮމެންޓް ދިނުމާއި ޓެންޑަރިން މަރުހަލާގައި ބައިވެރިވާންޖެހޭ މީޓިންތަކުގައި ގަވާއިދުން ބައިވެރިވުން.
  • ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމްތައް ހިނގާ ނުހިނގާ ގޮތުގެ އެސެސްމެންޓް ތައްޔާރުކޮށް ތައްޔާރު ކުރެވޭ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އެމަޢުލޫމާތު ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ އެކު އެކިފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ކަނޑައެޅިފައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ފޯރުކޮށް ދިނުން.
  • އެހެނިިހެން ޤައުމު ތަކުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކުގެ ޓެކްނޮލޮޖީ އެނަލައިޒްކޮށް، ދިވެހިރާއްޖޭގައި އެފަދަ ނިޒާމުތައް ޤާއިމުކުރުމާ ގުޅޭގޮތުން ދިރާސާކޮށް އެއްކުރެވޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ، މުއްދަތުގައި ފޯރުކޮށްދިނުން.
  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާ ބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
  • ޔުނިޓުން ކުރިއަށް ގެންދާ މަސައްކަތާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން.
  • ޔުނިޓުގެ މުވައްޒަފުންނާއި ބޭރުގެ ކޮންސަލްޓެންޓުންނަން ބޭނުންވާ މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދީ މަސައްކަތް ކުރެވޭގެ މަގުތައް ތަނަވަސް ކޮށް ދިނުން.
  • އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ޑިޕާރޓްމަންޓްގައި އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުންދާހިދު އެފަރާތަކަށް ބޭނުންވާ އެހީތެރިކަމަކަށް އެދިއްޖެ ހިދެއްގައި އެހީތެރިކަން ދެއްވުމާއި ބަޖެޓާއި އަހަރީ ރިޕޯޓު ހެދުމުގައި ޢަމަލީގޮތުންބައިވެރިވުން.
  • ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން.
  • މީގެއިތުރުން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ފެނާއި ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  • ފެނާ ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަޝްރޫޢުތައް ވިލަރެސްކޮށް ތަންފީޒު ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  • ފެނާ ނަރުދަމާ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 ޖޫން 2015 ވާ  އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ޖޫން 2015 އާއި 15 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ