ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް.އެސް.3 (މިޑްލް މެނޭޖްމަންޓް ސަރވިސް)، އެސިސްޓެންޓް ޑިރެކްޓަރ
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އިނާޔަތްތައް
|
-/7,035 ރުފިޔާ
-/2,000 ރުފިޔާ
2,462/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ބ. އޭދަފުށި/ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހާ ސަރުކާރުން ހަވާލުކުރައްވާފައިވާ އެންމެހައި މަސައްކަތްތައް ސަރުކާރުގެ ސިޔާސަތާ ގަވާއިދުތަކާ އެއްގޮތަށް ރާވައި ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
- އޮފީހުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރާވައި ބެލެހެއްޓުން.
- އޮފީހުގެ ބަޖެޓާއި ބެހޭ ސިޔާސަތު ކަނޑައެޅުމާއި، ކުރިއަށް އޮންނަ އަހަރަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒާވް އޮފީހުގެ ބަޖެޓް ކަނޑައެޅުމާއި، ބަޖެޓް ހުށަހެޅުމާއި، އަދ ހިނގާ އަހަރުގެ ބަޖެޓް ސަރުކާރުގެ ގަވާއިދުތަކާއި، އެއްގޮތަށް ކުރިއަށް ގެންދިއުމަށްތަކައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ހިނގާ ނުހިނގާގޮތް ބެލުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުމާއި، އެމަސައްކަތުގައި ބައިނަލް އަޤުވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމަށްޓަކައި، އެކިއެކި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅުގެ ރިސޯޓްތަކާއި، ބަޔޮސްފިއަރ ރިޒާރވަށް ޒިޔާރަތްކުރާ ފަރާތްތަކާއެކު ޤާއިމުކުރަންޖެހޭ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ގެ އެޑްވައިޒަރީ ބޯޑްގެ އެންމެހައި މަސައްކަތްތަކާއި އަދި ބޯޑުގެ ލަފާގެ ދަށުން ބޯރޑުން ނިންމާނިންމުންތައް ތަންފީޒުކުރުން.
- މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫއުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްގައިވާ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، އަދި އެ ޕްލޭންތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މިސަރަޙައްދު ބެލެހެއްޓުމުގެ ގަވާއިދުތައްޔާރުކޮށް، ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކޮށް، އެގަވާއިދުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭފަރާތްތަކާއެކު އެމަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައްބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއަށް ޒިޔާރަތްކުރާ އެކިއެކި ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މި މަޢުލޫމާތުތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، އަދި އެމައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ބ.އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއާ ބެހޭ މައުލޫމާތު އެނގޭ މިންވަރު
- ބ.އަތޮޅު ޒޯނޭޝަން ޕްލޭން އަދި ބ.އަތޮޅު ހަނިފަރު ސަރަހައްދު ބޭނުންކުރުމުގެ ގަވާއިދު އެނގޭ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިޔަ ރިޒާވް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި މާޅޮސް
|
މަޑުލު ދެކުނުބުރީ ބަޔޮސްފިޔަރ ރިޒާވް އޮފީހަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ޖޫން 2015 އާއި 15 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
24 ޝަޢުބާން 1436
|