މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކެންދޫ ވޮލީކޯޓްގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

                        މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށު ވޮލީކޯޓްގެ ތިރީގައިވާ މަސައްކަތްތައް، 15 އޮކްޓޫބަރ 2024 ވާ އަންގާރަދުވަހުގެ ކުރިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ލައިޓް ޕޯސްޓްތައް ވަރުގަދަކުރުމަށް ފެންސާއިއެކު ސަޕޯޓް ހަރުކުރުން އަދި ދަވާދު އާކުރުން.
  • ކާނު ތަކަށް ފަސްއެޅޭ މައްސަލަ ހައްލުކުރުން.
  • ރެފްރީ ޕޯސްޓެއް ބެހެއްޓުން.
  • ކޯޓުގެ ހުޅަނގު ދޮރާއި ދިމާލުން ، ސްޓޯރޫމް އާއި މިނީ ކޯޓާއި ދޭތެރޭ ތަޅުމެއް އެޅުން.
  • ކޯޓުގެ ދެކުނުން ފެންސަށް ގެއްލުންލިބޭ ރުއްގަސް ކޮށާ ސާފުކުރުން.

                         ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކެންދޫ ވޮލީ ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެމްބަރ 2024 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                         އިތުރު މަޢުލޫމާތު ހޯއްދެވުމަށް info@kendhoo.gov.mv އަށް މެއިލް ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

                          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 ސެޕްޓެންބަރު 2024
ހޯދާ