މަޤާމު:
|
ލެބޯޓްރީ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސްކޫލް އޮފް ނާރސިންގ
|
ޑިޕާޓްމަންޓް:
|
އެޑްމިން
|
ސްޕައިން ޕޮއިންޓް:
|
23
|
ގްރޭޑް:
|
4
|
މުސާރަ:
|
މަހަކު 6,936.73 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,972.88ރުފިޔާ
|
އިނާޔަތްތައް:
|
ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ސްޓާފް ޖިމް ފެސިލިޓީ
ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
ލައިބްރަރީ މެމްބަޝިޕް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތު ގަޑި:
|
ހެދުނު 8:00 އިން ރޭގަނޑު 8:00 އާއި ދެމެދު 06 ގަޑިއިރު
|
މަގާމްގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
ލެބޯޓްރީ ޓެކްނީޝަންގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެބޯޓްރީ އެސިސްޓަންޓް (ސްޕައިން ޕޮއިންޓް 13) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު:
|
ލެބޯޓްރީ އެސިސްޓަންޓް
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސްކޫލް އޮފް ނާރސިންގ
|
ޑިޕާޓްމަންޓް:
|
އެޑްމިން
|
ސްޕައިން ޕޮއިންޓް:
|
13
|
ގްރޭޑް:
|
3
|
މުސާރަ:
|
މަހަކު 5,115.31 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,192.28 ރުފިޔާ
|
އިނާޔަތްތައް:
|
ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ސްޓާފް ޖިމް ފެސިލިޓީ
ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
ލައިބްރަރީ މެމްބަޝިޕް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތު ގަޑި:
|
ހެދުނު 8:00 އިން ރޭގަނޑު 8:00 އާއި ދެމެދު 06 ގަޑިއިރު
|
މަގާމްގެ ޝަރުތު:
|
- ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމުމަށްފަހު ސެޓިފިކެޓް ލެވެލް 1 ނުވަތަ 2، ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލެކްޗަރަރ އިން ދެއްވާ އިރުޝާދާ އެއްގޮވާގޮތުގެ މަތީން ނާރސިންގ އާޓް ލެބޯޓްރީގެ މަސައްކަތްތައް ކުރުން.
- ނާރސިންގ އާރޓް ލެބޯޓްރީގެ މާހައުލާއި ތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ލެބޯޓްރީގައި ހިންގާ ކްލާސްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށް ދިނުން.
- ނާރސިނގ އާރޓް ލެބްގެ ސްޓޮކް އަދި އިންވެންޓްރީ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.
- ނާރސިންގ އާރޓް ލެބޯޓްރީގެ އިންވެންޓްރީގައި ހިމެނޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ސްކޫލްގެ މީޓިންގްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި މީޓިންގްތަކަށް ޙާޒިރުވުމާއި މިފަދަ މީޓިންގްތަކުގައި ނިންމޭ ކަންތައްތައް ނިންމުމަށް ކަނޑައެޅޭ ތާރީޚަށް ނިންމުން.
- ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ސްކޫލްގެ ރިސެޕްޝަން ބެލެހެއްޓުމާއި އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުން އަދި ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލިސްޓްތައް ތައްޔާރުކޮށް ލެކްޗަރަރ އިންނާ ހަވާލުކުރުން.
- ކޯސްތަކަށް ކިޔަވައި ދެއްވުމަށް ވަޑައިގަންނަވާ ޕާޓްޓައިމް / ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވަންޖެހޭ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވުން.
- ސްކޫލްގެ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފައިލްކޮށް ރަނގަޅަށް ބެލެހެއްޓުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
26 ސެޕްޓެންބަރު 2024 ވާ ވުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://rb.gy/mu6zd1
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|