ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ސްޓޮކް ރޫމެއް ހެދުން

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2024/48

ތާރީޚް

‏ 14 ޞަފަރު 1446

 17 ސެޕްޓެމްބަރ 2024

 

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ސްޓޮކް ރޫމެއް ހެދުން

 

            މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއެއްގޮތަށް ކައުންސިލް އިދާރާގެ ގޯތިތެރޭގައި ސްޓޮކް ރޫމް އެއް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް procurement@gaafdhaalvaadhoo.gov.mv އަށް ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް  އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

25 ސެޕްޓެމްބަރ 2024

ބުދަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

29 ސެޕްޓެމްބަރ 2024

އާދީއްތަ

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

                                                            

                                                                                                                                                                                                                       

                                                                   ޙަސަން ޢަބްދުﷲ

                                                                  ކައުންސިލްގެ ރައީސް

17 ސެޕްޓެންބަރު 2024
ހޯދާ